ޗައިނާގެ އަސްކަރީ މަނަވަރެއް ކަމަށްވާ ޔުއާން ވޮންގް-5

ދުނިޔެ

ޗައިނާގެ އަސްކަރިއްޔާގެ އުޅަނދެއް ބަނދަރު ކުރުމުގެ ހުއްދަ ސްރީލަންކާ ސަރުކާރުން ދީފި

ދާނިޝް - ލަންކާ | 15 އޯގަސްޓު 2022 , ހޯމަ 07:54   246

ޗައިނާގެ އަސްކަރީ އުޅަނދެއް ކަމުގައިވާ "ޔުއާން ވޮންގް 5" ސްރީލަންކާގެ ދެކުނުގައިވާ ހަމްބަންޓޯޓާ ބަނދަރުގައި، ބަނދަރުކުރުމުގެ ހުއްދަ އެ ގައުމުން ދީފިއެވެ.

ޗައިނާގެ މު އުޅަނދަކީ ޖައްވީ ކަންކަން ދިރާސާ ކުރާ އުޅަނދެކެވެ. އަދި، މި އުޅަނދުން ސެޓެލައިޓުތަކުގެ އިތުރުން ރޮކެޓާއި އިންޓަރ-ކޮންޓިނެންޓަލް މިސައިލް ފަދަ ހަތިޔާރުތައް ވެސް މޮނީޓަރ ކުރުމުގެ ގާބިލުކަން ވެއެވެ. މިއާއި އެކު ސްރީލަންކާއި އަވަށްޓެރި އިންޑިއާއިން ޗައިނާގެ މި އުޅަނދު ބަނދަރުކުރުމާއި މެދު ވަނީ ނުރަސްމީ ސިފައެއްގައި ނުރުހޭކަން ހާމަކޮށްފައެވެ. އަދި އެމެރިކާއާއި އިންޑިއާއިން ވަނީ މި އުޅަނދު ސްރީލަންކާއަށް މިސްރާބު ޖަހައިފައި ވާކަން ހާމަވުމާއި އެކު ކަންބޮޑުވުން ފައުޅުކޮށްފައެވެ.

އެންމެ ފުރަތަމަ ޗައިނާގެ މި އުޅަނދު ހަމްބަންޓޯޓާގައި ބަނދަރު ކުރުމުގެ ހުއްދަ ދީފައި ވަނީ ތެޔޮ އެޅުމުގެ ބޭނުމުގައި ކަން ފާހަގަކުރެވެއެވެ.

ހަމްބަންޓޯޓާ ބަނދަރަކީ ޗައިނާއިން ބިނާކޮށްދީފައިވާ 1.5 ބިލިޔަން ޑޮލަރުގެ ބަނދަރެކެވެ. އަދި މި ބަނދަރަކީ އޭޝިޔާއާއި ވިލާތުގެ ޤައުމުތަކުގެ މެދުގައި މުދާ އުފުލާ އާގުބޯޓުތައް ދަތުރުފަތުރު ކުރުމުގައި އަދި ދެ ބައްރުގެ ވިޔަފާރީގައި ނުހަނު އިސް ރޯލެއް ކުޅޭ ބަނދަރެކެވެ. މީގެއިތުރުން ދަރަނި ދެއްކުމަށް ދަތިވެ، ސްރީލަންކާއިން ވަނީ 2017 ވަނަ އަހަރު މި ބަނދަރު 99 އަހަރުގެ މުއްދަތަކަށް ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

ސްރީލަންކާގެ އިން މި ހުއްދަ ދިނުމާއި ގުޅިގެން އެ ގައުމާއި އިންޑިއާއި ދެމެދު ވާ ގުޅުމަށް ހީނަރުކަމެއް އައުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ. އެމެރިކާއިން ވެސް މި ކަމަށް ބަސް ބުނަމުންދާއިރު، އެ ގައުމުން ބުނަމުން އަންނަނީ ޗައިނާގެ މަގްސަދަކީ ،ހަމްބަންޓޯޓާ ބަނދަރު އަސްކަރީ މަރުކަޒަކަށް ހެދުމެވެ. އަދު އިންޑިއާ އާއި އެމެރިކާއިންވެސް ދަނީ ޗައިނާ އިން އިންޑިއާ ކަނޑުގެ ސަރަހުއްދުގެ އަސްލަރީ ގާބިލުކަން ފުޅައު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ތުޙުމަތު ކޮށްފައެވެ.

ޓެގްސް: ޗައިނާ ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.