ޕީއެސްޖީގެ މެސީ އާއި ނޭމާ ދަނޑުމަތީގައި

ކުޅިވަރު

ޕީއެސްޖީ، ލީގުގެ ދެވަނަ މެޗުންވެސް ފަރަގުބޮޑު ނަތީޖާއަކުން މޮޅުވެއްޖެ

ދާނިޝް - ޔޫރަޕް | 14 އޯގަސްޓު 2022 , އާދީއްތަ 20:06   191

ފްރެންޗް ލީގުގައި ޕީއެސްޖީއިން ކުޅުނު ދެވަނަ މެޗް ފަރަގު ބޮޑު ނަތީޖާއަކުން ޕީއެސްޖީއިން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި މޮންޓްޕެލިއޭ އާއި ދެކޮޅަށް ކުޅުނު މި މެޗް ޕީއެސްޖީއިން ކާމިޔާބުކުރީ 2-5 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑަކީ މޮންޓްޕެލިއޭގެ ކުޅުންތެރިޔާ ފަލަޔޭ ސަކޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެއީ މެޗުގެ 39 ވަނަ މިނިޓުގައެވެ. މި ލަނޑަށް ފަހު ޕީއެސްޖީއަށް ލީޑު ފުޅައު ކޮށްދިނީ މެޗުގެ 42 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއްގެ އެހީގައި ނޭމާއެވެ.

ދެވަނަ ހާފުގައިވެސް ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މޮންޓްޕެލިއޭގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. މެޗުގައި ޕީއެސްޖީގެ ލީޑު އިތުރަށް ފުޅައު ކޮށް އެ ޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 51 ވަނަ މިނިޓުގައި ނޭމާއެވެ. މިއީ އަނިޔާ ވުމަށްފަހު ޕީއެސްޖީގެ ޒުވާން ކުޅުންތެރިޔާ ކައިލަން އެމްބާޕޭގެ އެހީތެރިކަމާއި އެކު ނޭމާ ޖެހި ގޯލެކެވެ.

ނޭމާގެ މި ލަނޑު ޖެހިތަނާއި 7 މިނިޓު ފަހުން މޮންޓްޕެލިއޭގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވަހްބީ ޙަރްޒީއެވެ. މި ލަނޑަށް ފަހު ޕީއެސްޖީގެ 4 ވަނަ ލަނޑު ޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ.

އެއީ މެޗުގެ 69 ވަނަ މިނިޓުގައި އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެ ޓީމުގެ 5 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗިގެ ފުރިހަމަ ވަގުތު ހަމެވެ ކުޅުނު އިތުރު ވަގުތުގައި ރެނާޓޯ ސަންޗޭސް އެވެ. މިއީ އޭނާ ޕީއެސްޖީއާއި ގުޅި ޓީމުގެ ޖާރޒީގައި ކުޅެން އެރުމަށް ފަހު މާގިނަ ވަގުތެއް ނުވަނީށް އޭނާ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގައި މޮންޓްޕެލިއޭގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ އެންޒޯ ޗާޓާއެވެ.

ނޭމާ މި މެޗްގައި ލިއޮނެލް މެސީގެ އެހީއާއި އެކު އިތުރު ގޯލެއްވެސް ކާމިޔާބު ކުރިއެވެ. ނަމަވެސް ރެފްރި ވަނީ އެ ގޯލު އޮފްސައިޑް ކަމަށް ނިންމައިފައެވެ. އެހެންނަމަވެސް ނޭމާ ވަނީ މިސީސަނުގައި މިހާތަނަށް އޭނާ ކުޅުނު 3 މެޗުގައި 5 ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.