އެންމެ ފަހުން ބޭއްވުނު ރަސްމީ އިނާމްދިނުމުގެ ޙަފްލާގައި ދަރިވަރުން، ކެޝުއަލް ހެދުމުގައި

ހަބަރު

ގަދަ 10 އިނާމްދިނުމުގެ ޙަފްލާއަށް، ޔުނިފޯމްލާންޖެހޭތީ ދަރިވަރުންނާއި ބެލެނިވެރިން ޕެޓިޝަން ހަދަންފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 އޯގަސްޓު 2022 , އާދީއްތަ 20:50   865

ނިމިދިޔަ އަހަރު، އެންމެ މަތިން ވަނި ހޯދިދަރިވަރުންނަށް އިނާމްދިނުމަށްޓަކައި، ރައީސުލްޖުމްހީރިއްޔާ ވެސް ބައިވެރިވެޑައިގެން ބާއްވާ ޚާއްޞަ ޙަފްލާގައި ސްކޫލް ޔުނިފޯމްލާން މަޖުބޫރުކޮށް އަންގާފައިވާތީ ދަރިވަރުންނާއި ބެލެނިވެރިން ވަރަށްބޮޑަށް ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

.

ބެލެނިވެރިން ބުނާގޮތުން ކޮންމެ އަހަރަކުވެސް އޮންނަ އުސޫލުން އޮންނާނެކަމަށް ބަލައި ގިނަޚަރަދުތަކެއްކޮށްފައި މިހާރު ހުރީ ހެދުންތައް ފަހާފައެވެ. އަދި ގިނަ ބެލެނިވެރިން ޤަބޫލުކުރާގޮތުގައި، މިފަދަ ބަދަލެއް ގެންނައިރު ކުރިއާލައި އަންގަން ޖެހޭނެއެވެ.

ކިހާބޮޑު ގެއްލުމެއް މީ އަހަރުމެންނަށް. މިހާރު މިއޮތީ ހަފްތާއަކަށްވުރެ ކުޑަތަންވެފައި. އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ، މިފަހަ މިބަދަލު ގެނައިގޮތުން. ދަރިވަރުން ތިބީކީ ވިސްނައިގެނެއް ވެސް ނޫން އަލުން އެ ޔުނިފޯމް އެފަދަގޮތަކަށް ބޭނުންކުރަން ޖެހިދާނެކަމަށް. އަދި ޔުނިފޯމްތައް މިހާރު ހެޔޮވަރެއް ވެސް ނޫން. ގިނަ ދަރިވަރުންގެ ޔުނިފޯމްތައް ހުރީ ބާ ވެސް ވެފައި. ދެން މިޖެހުނީ އަނެއް އާ ޔުނިފޯމްތަކެއް ފަހަން.

~ ސަރުކާރު ސްކޫލެއްގެ ބެލެނިވެރިއަކު

ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕެޓިޝަނެއް ވެސް ކުރިއަށްދާއިރު އޭގައި މިހާރު 700 އާއި ގާތްކުރާ ޢަދަދަކަށް ޕެޓިޝަން ފޯމްތައްފުރައ، ޝަކުވާ ހުށަހަޅާފައިވެއެވެ. ބައެއް ދަރިވަރުން ބުނަނީ ޔުނިފޯމްތައް ހެޔޮވަރު ނޫންކަމަށާއި، މިދަފަ ބޮޑު ރެއެއްގައި ލާން ބޭނުން ބޭނުންވަނީ ރީތި ނަލަ ހެދުމެއް ކަމަށެވެ.

ނުރުހުމާއިއެކު ދަރިވަރުންކޮށްފައިވާ ބައެއް ކޮމެންޓްތައް:

ދަރިވަރުން ކޮށްފައިވާ ބައެއް ކޮމެންޓްތައް

މިލިޔުމާއި ގުޅޭ:

ޕެޓިޝިނަށްގެ ތަފްޞީލް ބައްލަވާލެއްވުމަށް

ޓެގްސް: ސްކޫލްތަކުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.