ތިލަމާލެ ބްރިޖުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް

ހަބަރު

ބްރިޖުގެ މަސައްކަތް ކުރަމުން ދާތީ މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފި

ޒައިން ޠާލިބް - ދިވެހި ރާއްޖެ | 15 އޯގަސްޓު 2022 , ހޯމަ 14:23   272

މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ކަނޑު ދަތުރުކުރުން މާދަމާއިން ފެށިގެން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ މާލެ ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.

އެހެންކަމުން މި މަސަކަތްފެށިގެން އަންނައިރު އެ ކަނޑުއޮޅިން ދަތުރުކުރުމަކީ ރައްކާތެރި ކަމެނޫން ކަމަށް އިތުރަށް އެއިއުލާނުގައި ބުނެފައިވެއެވެ. މިކަމާއިގުޅިގެން، މިނިސްޓްރީން ވިދާޅުވީ ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަރުރުކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މާލެ-ތިލަފުށި، މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫޢު ނިމޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނީ 2024ވަނަ އަހަރުއެވެ.

ޓެގްސް: ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.