މިސްރުގެ ގިޒާގައި ހަދާފައި ހުރި ފައްޅިއެއް

ދުނިޔެ

މިސްރުގެ ފައްޅިއެއްގައި ރޯވެ 41 މީހަކު މަރުވެއްޖެ

ދާނިޝް - މެދުއިރުމަތި | 15 އޯގަސްޓު 2022 , ހޯމަ 14:19   342

މިޞްރުގެ ރަށެއް ކަމުގައިވާ ގީޒާގެ ފައްޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 41 މީހުން މަރުވެ އިތުރު 45 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިއްޖެއެވެ.

ގީޒާގެ މީޑިއާ ތަކުން މައުލޫމާތު ދޭ ގޮތުގައި، މި ފައްޅިއަކީ އެ ރަށުގެ އިމްބާބާ އަވަށުގައި ހުންނަ ތަނެކެވެ، އަދި ރޯވި ވަގުތު އެ ތަނުގައި 5,000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން ދިޔަކަމަށްވެސް މައުލޫމާތު ލިބެއެވެ. ބެލެވޭ ގޮތުގައި އެ ތަނުގައި އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓް- ސަރކިޓް ވުމުގެ ސަބަބުންނެވެ.

އަލިފާނުގެ އަސަރު ބޮޑަށް ކޮށްފައިވަނީ ފައްޅީގެ ދޮރު މައްޗަށް ކަމަށް ބެލެވޭ އިރު ގިނަ ބަޔަކު މަރުވެފައި ވަނީ އެއްވަގުތެއްގައި ގިނަ އަދަދެއްގެ މީހުން އެ ތަނުން ނިކުންނަން މަސައްކަތް ކުރުމުގެ ތެރޭގައި، މާބޮޑަށް ތޮށްޖެހި ފިތުމުގެ ސަބަބުން ކަމަށް ހާދިސާ ތަހުގީގު ކުރާ ފަރާތްތަކުން ދެކެއެވެ. މިފަދަ ކަރަންޓުގެ ނުރައްކާތެރި އެތައް ހާދިސާއެއް މިސްރުގައި ކުރިންވެސް ވަނީ ހިނގައިފައެވެ.

އެގޮތުން 2020 ވަނަ އަހަރު އެ ގައުމުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާ ފާހަނގަކޮށްލެވެއެވެ. އެ ހާދިސާގައި ވެސް ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ 7 މީހަކު މަރުވިއިރު އެތައް ބަލި މީހުންނަކާއި ސިއްހީ ހިދުމަތްތެރިންނަށް އެކު ވަރުގެ އަނިޔާ ލިބުނެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ޓެގްސް: މިސްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.