ލޯޑް އޮފް ދަ ރިންގްސް ގެ ޕޯސްޓަރެއް

މުނިފޫހިފިލުވުން

ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ޕަވާ ސީރީޒެއްގެ ގޮތުގައި ނިކުންނަނީ

ދާނިޝް - އެމެރިކާ | 15 އޯގަސްޓު 2022 , ހޯމަ 16:56   437

މަޝްހޫރު ލިޔުންތެރިޔާ ޖޭއާރްއާރް ޓޯލްކިއެންގެ ފޮތްތކުގެ ތެރެއިން "ލޯޑް އޮފް ދަ ރިންގްސް" ގެ ފޮތް ސީރީހަށް ބިނާކޮށް "ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ދަ ޕަވާ" ސީރީހެއްގެ ގޮތުގައި ދައްކަން ތައްޔާރު ވެއްޖެކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ސީރީޒް ދައްކަން ހަމަޖެހިފައިވަނީ އެމެޒޯން ޕްރައިމްގައި އަންނަ ސެޕްޓެމްބަރ މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.

މި ސީރީޒް އިން ފެނިގެން ދާނީ އެ ބާރުގަދަ ގާދުވީ ރިންގްތައް އުފެއްދުމާއި އިންސާނުންނާއި އެލްވްސް އަދި ޑްވާފްސް، އެ ރިންގުތަކުގެ ދަހުވެތިކަމުގައި އުޅޭ ސައުރަން އާއި ދެކޮޅަށް ކުރާ ހަނގުރާމައެވެ. އަދި މި ސީރީހަކީ ބޮކްސް އޮފީހުގައި މަޝްހޫރުވި ޕީޓަ ޖެކްސަންގެ "ދަ ހޮބިޓް" އާއި "ލޯޑް އޮފް ދަ ރިންގްސް" ގެ ތިން ފިލްމަށް ވުރެ އެތައް ހާސް އަހަރެއް ކުރީގެ މިޑްލް އާތު ގެ ވާހަކަތަކެވެ.

"ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ޕަވަ" ގެ ޑައިރެކްޓަރަކީ ޑީޖޭ ޕޭންގެއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.