އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން (ކ) ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާ އެކު 2019 ވަނަ އަހަރު ރަޝިޔާގެ ވްލަޑިވޮސްޓޮކްގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ދުނިޔެ

އުތުރު ކޮރެއާއާ ގުޅުން ބާއްވުމަށް ރަޝިޔާއިން ވައުދުވެއްޖެ

ޒައިން ޠާލިބް - ދުނިޔެ | 15 އޯގަސްޓު 2022 , ހޯމަ 14:16   195

ރަޝިޔާއިން އުތުރު ކޮރެއާއާ އެކު ފުރިހަމަ އަދި ބިނާކުރަނިވި ދެ ގައުމުގެ ގުޅުން ބޭއްވުމަށް ވައުދުވެފައިވާ ކަމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން އިތުރަށް ވިދާޅުވީ ދެ ގައުމުގެ ރަހްމަތްތެރިކަން އިތުރަށް ވަރުގަދަވާނެ ކަމަށެވެ. އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއެއް ކަމަށްވާ ކޭސީއެންއޭ އިން ނެރުނު ރިޕޯޓެއްގައި ޕޫޓިން ވިދާޅުވީ ދެ ގައުމުގެ ގުޅުން ފުޅާކުރުމަކީ ދެ ގައުމުގެ މަސްލަހަތާ އެއްގޮތްވާނެ ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ކިމް ޖޮންގް އުން ބުނެފައިވަނީ"ޖަޕާނާ ދެކޮޅު ހަނގުރާމައިގެ ފަހުން އުފެދުނު" ރަޝިޔާ އާއި އުތުރު ކޮރެއާގެ އެކުވެރިކަން "ގަރުނަކަށް ފަހު ގަރުނެއް ވަރުގަދަވެ ތަރައްގީވެފައިވާ" ކަމަށެވެ. އިތުރަށް ބުނީ ދެ ގައުމުގެ މެދުގައި ސްޓްރެޓެޖިކް އަދި ޓެކްޓިކަލް އެއްބާރުލުމާއި ތާއީދުގެ އެއްބައިވަންތަކަން ވަރުގަދަކަމަށެވެ.

ސޯވިއެޓް ޔޫނިއަން އަކީ އެއް ޒަމާނެއްގައި އުތުރު ކޮރެއާގެ ބޮޑު އެކުވެރިއެއް ކަމުން އިގްތިސާދީ އެއްބާރުލުމާއި ސަގާފަތް ބަދަލުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނެވެ.

ޓެގްސް: ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.