ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓެއް

ވިޔަފާރި

ސްރީލަންކަން އެއަރލައިންސް ވިއްކާލުމުގެ ބަހުސް އަނެއްކާވެސް އެގައުމުގެ ގާނޫނުހަދާމަޖިލީހުގައި

ދާނިޝް - ލަންކާ | 16 އޯގަސްޓު 2022 , އަންގާރަ 10:22   333

އަނދަވަޅަކަށް ވެއްޓިފައިވާ ސްރީލަންކާގެ އިޤްތިސާދަށް އެންމެ ރަނގަޅު ގޮތަކީ، އަދި ލިބިފައި ގެއްލުމުގައި އޮޕަރޭޓްކުރުމަށް އެންމެ ރަނގަޅު ގޮތަކީ ގައުމީ އެއާލައިން ޕްރްއިވެޓައިޒް ކުރުން ކަމުގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑަޔާނާ ގަމަގެ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ކޮންމެ މެމްބަރެއްގެ ވިސްނުން ހުންނަން ވާނީ ޤައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް ކަމަށާއި ލަންކާގެ އިޤްތިސާދަށް ބަލައި އެންމެ ރަނގަޅު ގޮތަކީ އެއާލައިން ޕްރައިވެޓައިޒް ކުރުން ކަމުގައެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ގައުމީ އެއާލައިން އަކީ ގައުމަށް ޝަރަފެއް ނަމަވެސް ލަންކާ މިވަގުތު އޮތީ ޝަރަފެއް ދެމެހެއްޓޭފަދަ ހާލަތަކު ނޫންކަން ގަބޫލުކުރަންޖެހޭ ކަމުގައެވެ. އެއާއި އެކު އިގްތިސާދު އަލުން ނަގައި ކޮޅަށް ޖެހުމަށް ބުއްދިވެރި ނިންމުން ތަކެއް ނިންމަން ޖެހޭކަންވެސް އޭނާ ފާހަނގަކުރެއްވިއެވެ.

ސްރީލަންކަން އެއާލައިން ޕްރައިވަޓައިޒް ކުރުމާ ބެހޭ ގޮތުން މީގެ ކުރިންވެސް ވާހަކަ ދެކެވިފައި ވެއެވެ. އަދި އެ ގައުމުގެ ފައިނޭންސް މިނިސްޓްރީން އެކުލަވާލި ރިޕޯޓަކަށް ރަނިލް ވިކްރަމަ ސިންހަ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވިއިރު ވަނީ ތާއިދުވެސް ކުރައްވާފައެވެ.

ޓެގްސް: ސްރީލަންކަން އެއަރލައިންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.