ކޮންޔާ ރެސްޓޯރެންޓް ހުޅުވަން ތައްޔާރުވެފައި

ހަބަރު

އައްޑޫ ސިޓީ ހިތަދޫ ގައި ހިތްގައިމު އަދި އަގު ރަނގަޅު އާ ރެސްޓޯރެެންޓެއް، "ކޮންޔާ"

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 އޯގަސްޓު 2022 , ހޯމަ 20:45   2238

އައްޑޫ ސިޓީ ހިތަދޫގައި، ވެމްކޯގެ ރީޖަނަލް އޮފީހާއި ދިމާލުން ހުޅަނގަށްދާއިރު، ދިވެހިވަންތަ ގޮތަކަށް ހަދާލާފައިހުރި ކޮންޔާ ރެސްޓޯރެންޓް މާދަމާ ހުޅުވާނެކަމަށް އެތަނުގެ ފަރާތުން ބުނެފިއެވެ.

.

"ކޮންޔާ" މިނަން ނިސްބަތް ވަނީ ތުރުކީ ވިލާތުގެ ދެކުނަށް ނިސްބަތްވާ މުސްލިމުންގެ މުޤައްދަސް ސިޓީއަކަށެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން އެތަނުގެ އެއް ހިއްސާދާރު އަލީ އާނިމް ހާމަކުރެވިއްގޮތުގައި، ރެސްޓޯރެންޓް މިހުޅުވަނީ އައްޑޫގައި ދިރިއުޅޭ ރައްޔިތުންނާއި އައްޑުއަށް ބޭރުން ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ކަންތައްތަކެއް ހިމަނައިގެން ޚިދުމަތްދިނުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި މިތަން ހުޅުވިގެންދާއިރު، އަގުތައް ހުންނާނީ އައްޑޫގެ އެހެން ރެސްޓޯރެންޓްތަކާއި އަޅާ ބަލާއިރު، އެކަށީގެންވާ ރަނގަޅު އަގެއްގައެވެ.

މާދަމާ [އަންގާރަ ދުވަހު] ހެނދުނު 8 ޖަހާއިރު އަޅުގަނޑުމެން މިހުޅުވަނީ. ހުޅުވާއިރު ތިން ވައްތަރުން ބްރޭކްފާސްޓް ލިބެން ހުންނާނެ. މޯލްޑިވިއަން ބްރޭކްފާސްޓެއް މިދެނީ 30ރ. އަށް، އިންގްލިޝް 35ރ. އަށް، އަދި އިޓާލިއަން 40ރ. ނިސްބަތުން މިއީ ވަރަށް ވެސް ރަނގަޅު އަގުތަކެއް. ދެން އަޅުގަނޑުމެން އޮފީސްތަކަށާއި ގޭގެއަށް ވެސް ޑެލިވަރކޮށްދެން. ޑެލިވަރީ ނަމްބަރަކީ 9393885. މިނަމްބަރަށް ވައިބަރ ކުރެވޭނެ އޯޑަރުތައް.

~ އާނިމް، ކޮންޔާ ރެސްޓޯރެންޓްގެ އެއް ޕާޓްނަރ

ކޮންޔާ ރެސްޓޯރެންޓްގައި ކޮފީޓޭބަލެއް

އާނިމް އިތުރަށް ހާމަކުރިގޮތުގައި، މި ރެސްޓޯރެންޓުން ރަނގަޅު އަގެއްގައި، އަދި ވަރަށް ގިނަވައްތަރުގެ ކޮފީ އާއި ފްރެޝް ޖޫސް ލިބެން ހުންނާނެއެވެ. އަދި މެނޫގައި ނެތް ނަމަވެސް ބައެއް އެފަދަ ބާވަތްތައް ތައްޔާރުކޮށްދެމުން ދާނެކަމަށެވެ.

"އަޅުގަނޑުމެން އެބަ ޕްރޮމޯޓްކުރަން ވަރަށް ބޮޑަށް ސިއްޙަތަށް ފައިދާހުރި ފްރެޝް ޖޫސްތައް. އެގޮތުން، ފްރެޝް ފުރުޓު ހިއްޕަވައިގެން އަޅުގަނޑުމެންގެ ރެސްޓޯރެންޓަށް ވަޑައިގެންފިނަމަ، ފްރީކޮށް ޖޫސް ގިރާލަދެން." އާނިމް އިތުރަށް ކިޔާ ދިނެވެ.

މިރެސްޓޯރެންޓުގައި މުޅިންވެސް މަސައްކަތްކުރަނީ ދިވެހި އަންހެންކުދިންނާއި ފިރިހެން ކުދިންނެވެ. ނަމަވެސް، ބޭނުންވާ އިތުރު ސްޓާފުން ހޯދުމުގައި ދަތިކަން ހުރިކަމަށް އެފަރާތުން ހާމަކުރެއެވެ.

ކޮންޔާ ރެސްޓޯރެންޓުގެ މެނޫ
ޓެގްސް: އެޑްވަޓޯރިއަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.