ޖޭކޭ ރޯލިންގް

ހަބަރު

ޖޭކޭ ރޯލިންއަށް މަރުގެ އިންޒާރު ދީފި

ދާނިޝް - އެމެރިކާ | 16 އޯގަސްޓު 2022 , އަންގާރަ 19:36   227

މަޝްހޫރު ފޮތް ސީރީޒް "ހެރީ ޕޮޓާ" ގެ ލިޔުންތެރިޔާ ޖޭކޭ ރޯލިންއަށް މަރުގެ އިންޒާރު ދީފިއެވެ.

ރޯލިން އަށް މަރުގެ އިންޒާރު ދިނީ އިސްލާމްދީނާއި ދެކޮޅަށް ލިޔުންތުއް ލިޔާ ނޫސްވެރިޔާ ސަލްމާން ރުޝްދީއަށް މިދިޔަ ހުކުރު ދުވަހު ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ރޯލިން ކުރި ޓުވީޓާކާއި ގުޅިގެންކަމަށް ސްކޮޓްލޭންޑްގެ ފުލުހުން މައުލޫމާތު ދެއެވެ.

އެ އިންޒާރުގެ ސްކްރީންޝޮޓެއް ވެސް އިނގިރޭސިވިލާތުގެ ލިޔުންތެރިޔާ ޓްވީޓްކޮށްފައިވާއިރު އޭގައި ބުނެފައި ވަނީ "ޑޯންޓް ވޮރީ ޔޫ އާ ނެކްސްޓް" ކަމަށެވެ. އަދި އެ ޓްވީޓްކޮށްފައި ވަނީ ޕާކިސްތާނުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރުޝްދީ 1988 ގައި ނެރުނު ފޮތް "ދަ ސެނޭޓިކް ވާސަސް" އާ ގުޅިގެންވެސް ޖޭކޭ ރޯލިންއަށް ވަނީ ވަރަށް ބޮޑު ނުރުހުމެއް އިސްލާމީ ދުނިޔޭގައި އަމާޒުވެފައެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.