އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކޮށްފި

ކުޅިވަރު

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ފީފާއިން ސަސްޕެންޑްކޮށްފި

ދާނިޝް - އިންޑިއާ | 17 އޯގަސްޓު 2022 , ބުދަ 07:57   339

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކޮށްފި ކަމަށް މީޑިއާ ތަކުން ރިޕޯޓްކޮށްފިއެވެ.

ފީފާއިން މި ނިންމުން ނިންމައިފައި ވަނީ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ މައްޗަށް އިތުރު ނުފޫޒުތަކެއް ފޯރުވާފައި ވާތީކަމަށް އެ އިދާރާއިން ބުނެއެވެ. މިއަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިއާގެ އެންމެ މަތީ ކޯޓުން ވަނީ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން އުވާލާ އެޤައުމުގެ ފުޓްބޯޅައިގެ ހުރިހާ ކަމެއް ކުރަން ތިން މެންބަރުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއް އެކުލަވައިލާފައެވެ.

ނަމަވެސް ފީފާގެ ޤަވާއިދު ބުނާގޮތުން އެ ޖަމްއިއްޔާގެ މެންބަރު ފެޑެރޭޝަން ވާންވާނީ އެ ޤައުމެއްގެ ގާނޫނީ އަދި ސިޔާސި ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށެވެ. މި ޤަވާއިދަށް ބަލައި އިންޑިއާގެ ފެޑަރޭޝަން ވަނީ ފީފާގެ ގަވާއިދު ތަކާއި ހިލާފުވެފައެވެ.

މި ސަސްޕެންޝަނާއި އެކު ފީފާ އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން އިން ވަނީ އިންޑިޔާގެ ފުޓްބޯޅައާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް ކުރިއަށްދާނެ ގޮތުގެރޯޑްމެޕެއް އެކުލަވާލައި، އޭއައިއެފްއެފްގެގަވާއިދު ބަދަލުކޮށް އަދި ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން އައު އިންތިހާބެއް ބޭއްވުމަށް އިރުޝާދު ދެއްވާފައެވެ.

މި ސަސްޕެންޝަންގެސަބަބުން މިއަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިންޑިއާގައިބޭއްވުމަށް ހަމަޖެހިފައިވި އަންހެނުންގެ 17 އަހަރުންދަށުގެ ވޯލްޑްކަޕްކުރިން ރޭވިފައިވާގޮތަކަށް ނުބޭއްވޭނެކަން ވެސް ފީފާއިން ވަނީ ހާމަކޮށްފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.