އެމެރިކާގެ ކުރީގެ ރައީސް ޑޮްނަލްޑް ޓްރަމްޕް

ދުނިޔެ

ޓްރަމްޕްގެ ޕާސްޕޯޓް ހިފަހައްޓަފި

ދާނިޝް - އެމެރިކާ | 18 އޯގަސްޓު 2022 , ބުރާސްފަތި 09:29   318

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕާސްޕޯޓް ހިފަހައްޓައިފި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މައުލޫމާތު ދިން ގޮތުގައި، ފްލޮރިޑާގައި ހުންނަ އޭނާގެ ގެ، މާރަލާގޯ އަށް އެފްބީއައި އޭޖެންޓުން ވަދެ އޭނާގެ ޕާސްޕޯޓްތަކާއި އެހެނިހެން ލިޔުންތަކެއް ވަނީ ނަގައިފައެވެ. އަދި އެ ލިޔުންތަކަކީ އެފްބީއައި އޭޖެންޓުން އެގޭގައި ސިއްރުން ބެހެއްޓި ލިޔުންތަކެއް ކަމަށް ޓްރަމްޕް ކަށަވަރު ކޮށްދިނެވެ.

ޓްރަމްޕް މިހެން މީޑިއާއަށް މައުލޫމާތު ދެއްވައިފައިވާއިރު، އެމެރިކާގެ އެފްބީއައި އިން މައުލޫމާތު ދީފައިވާ ގޮތުގައި އެގެއިން 20 ފޮށި ފުރެންދެން އެއްޗެހިތަކެއް ވަނީ ބޭރުކޮށްފައެވެ.

އަދި އެ ސާމާނުގެ ތެރޭގައި އެއްވެސް މީހެއްގެ އަތުގައި ހުރެގެން ނުވާނެ އެމެރިކާގެ ދައުލަތުގެ ސިއްރު ލިޔުންތަކެއް ހިމެނޭ ކަމަށްވެސް މައުލޫމާތު ދިނެވެ. އެމެރިކާގެ ބައެއް މީޑިއާ ތަކުން ބުނާ ގޮތުގައި އެ ލިޔުންތަކުގެ ތެރޭގައި އެމެރިކާގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ބައެއް ލިޔުންތައް ހިމެނޭ ކަމަށް ބެލެވެއެވެ.

ޓްރަމްޕްގެ މައްޗަށް ދައުވާއެއް އުފުލާފައި ނެތްއިރު އެމެރިކާގެ ގާނޫނުތައް ބުނާ ގޮތުގައި ބާރުތައް ތަންފިޒުކުރާ އެއްވެސް އިދާރާއަކަށް ދައުވާއެއް އުފުލާފައި ނެތް މީހެއްގެ ޕާސްޕޯޓް ނުހިފެހެއްޓޭނެއެވެ. މިއާއި އެކު ޓްރަމްޕްގެ ޕާސްޕޯޓްތައް ހިފެހެއްޓުން ޓްރަމްޕްގެ މައްޗަށް ޝަރުއީ ހުކުމެއް އިއްވަން އުޅޭ ކަމަށް ދޭހަވެގެން ދާކަމަށް އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބޭފުޅުން ދެކެއެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.