ވޯލްޑްކަޕް އިވެންޓާއި ގުޅޭ ޕޯސްޓަރެއް

ކުޅިވަރު

ވޯލްޑް ކަޕް، މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ދުވަހަށް ވުރެ އެއް ދުވަސް ކުރިން ފަށާނެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 އޯގަސްޓު 2022 , ބުދަ 20:50   319

ވޯލްޑްކަޕްގެ ގްރޫޕް އޭ ހުޅުވާ މެޗު ކުޅުމަށް ކުރިން ހަމަޖެހިފައި އޮތީ 21 ނޮވެމްބަރުވާ ހޯމަ ދުވަހުގެ 16:00 ގައި، މުބާރާތުގެ ތިންވަނަ މެޗުގެ ގޮތުގައެވެ. އަދި މުބާރާތް ހުޅުވުމަށް ހަމަޖެހިފައި އޮތީ ހޯމަ ދުވަހުގެ ކުރީކޮޅު 10:00 ގައި ސެނެގާލް އާއި ނެދަލެންޑްސްއާ ދެކޮޅަށެވެ. ނަމަވެސް ފީފާއިން ވަނީ ގަތަރުގެ ގޭމު ބަދަލުކުރުމަށް ހުށެއެޅުމެއް ހުށައަޅާފައެވެ.

.

މިގޮތުން މިބަދަލު ގެނައުމަށް ހުށަހެޅުނީ، ގަތަރާއި އެގައުމާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅޭ އިކުއެޑޯއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، ދެކުނު އެމެރިކާގެ ކޮންފެޑެރޭޝަން ކޮންމެބޯލްގެ ވެސް އެދުމުގެ މަތިންނެވެ. އަދި އެއީ ފުރަތަމަ މެޗުގައި ހޯސްޓް ޓީމު ނުވަތަ ހޯލްޑަރުން ބައިވެރިވުމުގެ ސަގާފަތާއި ވެސް ގުޅޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

މިއާމެދު ފަހުގޮތް ނިންމާނީ، ކޮންފެޑެރޭޝަންގެ ހަ ރައީސުންނާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހިމެނޭ ގޮތަށް ފީފާ ކައުންސިލްގެ ބިއުރޯއިންނެވެ.

މިގޮތަށް ފާސްކުރި ނަމަވެސް ކުޅުންތެރިން ރިލީޒްކުރާ ތާރީހުތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، މިހާރުގެ ހަތަރު މެޗުގެ ބަދަލުގައި ކުޅޭނީ އެންމެ ތިން މެޗު ކަމަށް ބަލާއިރު، ސެނެގާލް އާއި ނެދަލެންޑްސްއާ ދެކޮޅަށް އޮންނަ މެޗު ވެސް ހޯމަ ދުވަހުގެ 16:00 އަށް ބަދަލުކުރާނެއެވެ. އަދި ގަތަރާއި އިކުއެޑޯއާ ބައްދަލު ކުރާނީ 20 ނޮވެމްބަރުވާ އާދިއްތަ ދުވަހުއެވެ.

ނޮވެމްބަރު 21 ވަނަ ދުވަހުގެ 13:00 ގައި އިރާނާއެކު ކުޅޭ ގްރޫޕް ބީ މެޗަށް މިބަދަލުތަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި ހަމަ އެ ތާރީޚުގެ 21:00 ގައި އެމެރިކާއާ ދެކޮޅަށް ވޭލްސް ކުޅޭ ފުރަތަމަ މެޗަށް ވެސް އެއްވެސް އަސަރެއް ނުކުރާނެއެވެ.

ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.