ޓައިޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަރީފް

ހަބަރު

ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ، ދެވަނަ އެޑިޝަން ކުރިއަށް އޮތް ހަފްތާ ބަންދުގައި ފެށޭނެ

ދާނިޝް - އައްޑޫ އަތޮޅު | 20 އޯގަސްޓު 2022 , ހޮނިހިރު 14:34   775

ޓައިޓަން މޯލްޑިވްސް އިން އިންތިޒާމްކޮށްގެން 2019 ވަނަ އަހަރު ބޭއްވުނު، ސަދަން މޯލްޑިވްސް ބިޒިނަސް އެކްސްޕޯގެ ދެވަނަ އެޑިޝަން މިހިގާ އޮގަސްޓް މަހުގެ 25 ގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަމުން ދާކަމަށް އެ އެޖެންސީއިން ހާމަކޮށްފިއެވެ.

.

ޓައިޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އެކްސްޕޯގެ ފުރަތަމަ އެޑިޝަން ކުރިއަށް ގެންދިއުމުގައި އެކި ވަރުގެ ގޮންޖެހުންތަކަކާއި ކުރިމަތި ލާންޖެހުނު ކަމުގައި ވިޔަސް މިފަހަރު އެއަށްވުރެ ބޮޑެތި ދަތިކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"ކޮވިޑަށް ފަހު ވަރަށް ގިނަ ވިޔަފާރިތަކަށް ކުރިން ލިބެމުން ދިޔަ އާމްދަނީ ހުއްޓުމާއި ގުޅިގެން އެގްޒިބިޓަރުން ލިބުމުގައި ވަރަށް ދަތި. ހަމަ އެއާއި އެކު ދަތުރުފަތުރު ކުރުމުގައިވެސް ދަތިތަކެއް އެބަހުރި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މިފަދަ އެކްސްޕޯއެއްގެ ބޭނުމަކީ އައްޑޫގައި ހުރި ރީތިކަމާއި، ހިތްގައިމުކަމުގެ އިތުރުން އައްޑޫގައި ވިޔަފާރިކަށް އޮތް ފުރުސަތުތައް މުޅި ދުނިޔެއަށް ފެންނާނެ ފަދަ ގޮތަކަށް ދެއްކުން ކަމަށެވެ.

އައްޑޫސިޓީ އަކީ ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވިޔަސް ވަރަށް ތަފާތު ރީތި އަދި ހިތްގައިމު ސިޓީއެއްގެ ގޮތުގައި ސިފަކޮށް، ޝަރީފް ވިދާޅުވީ، މި އެކްސްޕޯއިން އައްޑޫސިޓީ ޓޫރިޒަމް ޑެސްޓިނޭޝަން މާކެޓެއްގެ ގޮތުގައި މުޅި ދުނިޔެއަށް ދައްކައިލުމަށް މަގުފަހުވާނެކަމަށާއި، އައްޑޫގެ ވިޔަފާރި ތަކުން ވެސް، މި ޙަރަކާތުގައި ބައިވެރިވެ ލިބިފައި މިވާ ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް ޝަރީފް ވަނީ އިލްތިމާސް ކުރައްވާކަމަށެވެ.

މިފަހަރުގެ އެކްސްޕޯގައި ޝަރަފުވެރީންގެ ގޮތުގައި، ރާއްޖޭގެ ޓްރާންޕޯޓާއި އާއި ސިވިލް އޭވިއޭޝަން އާއިބެހޭ ވަޒީރު، އައިޝަތް ނަހުލާގެ ގެ އިތުރުން ފިނޭސް މިނިސްޓަރ އިބްރާހީމް އަމީރު އާއި ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ ވަފުދުތައް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފަރާތުން މި އެކްސްޕޯގެ ކަން ކަމުގައި އެކި ގޮތް ގޮތުން އެހީތެރިކަން ލިބެމުން އަންނަ ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ސަދަން މޯލްޑިވްސް ބިޒިނަސް އެކްސްޕޯގެ ދެވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25-27 އަށް އައްޑޫސިޓީ ހިތަދޫ ގައި ހުންނަ އައްޑޫހައި ސްކޫލުގައެވެ. މި އެކްސްޕޯގެ މަޤްސަދަކީ ހުރިހާ ވިޔަފާރިތަކެއް އެއް ޕްލެޓްފޯމެއްގެ ތެރެއިން ގުޅުވާލަ ދިނުމެވެ.

އަޅުގަނޑުމެން ބޭނުންވޭ އައްޑޫގައި ހުރި ހިތްގައިމު މަންޒަރު ތަކާއި މިތަންތަނާއި ބެހޭގޮތުން ވާހަކަ ދައްކަން. އެކްސްޕޯއެއްގެ ބޭނުމަކީ އެ ބާއްވާ ޑެސްޓިނޭޝަންއެއްގެ ހުރި ޕޮޓެންޝިއަލް ބްޒިނެސްތަކާއި، ހުރި ފުރުސަތްތަކާއި، މީހަކު ޒިޔާރަތް ކުރަން ޖެހެނީ ކީއްވެ ކަން ހާމަކޮށްދޭން. މި އެކްސްޕޯއަކީ ކޮލެޖް ތަކާއި ޔުނިވާސިޓީ ތަކަށް ވެސް ވަރަށް ބޮޑަށް ހުޅުވައިލެވިގެން ކުރިއަށްދާނެ ހަރަކާތެއް. ޙާއްސަކޮށް ސިއްހީ ދާއިރާ، ވިޔަފާރި ދާއިރާ، އަދި ޓުއަރިޒަމް ދާއިރާއަށްވެސް ފުރުޞަތު އެބައޮތް. 3 ދުވަހުގެ މުއްދަތައް ބާއްވާ މި އެކްސްޕޯއަކީ މާލެއިން ފެށިގެން ރާއްޖޭގެ ދެކުނަށް ހުރި ޓޫރިޒަމް ދާއިރާ އާއި އެހެނިހެން ދާއިރާ ތަކުގެ ވިޔަފާރިތަކަށްވެސް، ޙާއްސަ ގޮތެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޤާއިމުވެގެން ދާނެ ޕްލެޓްފޯމެއް.

~ އަހުމަދު ޝަރީފް، ޓައިޓަން މޯލްޑިވްސް

މި އެކްސްޕޯއަކީ ބޭރު ޤައުމުތަކުގެ އިންވެސްޓަރުންވެސް ބައިވެރިވާ އެކްސްޕޯއެއްކަން ފާހަގަކޮށްލެވެއެވެ. އެގްޒިބިޝަން އާއިއެކު، ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާއިރު، އަދި ބިޒިނަސް ފޯރަމެއް ވެސް ކުރިއަށްދާނެއެވެ. ޕެނެލް ޑިސްކަސްޝަންތައް ދާނީ މައިގަނޑު 5 ސެގްމެންޓަކަށް ބަހާލެވިގެންނެވެ. އެއީ،

  • ޓުއާ އޮޕަރޭޓާސް އާއި ރިސޯޓް، ގެސްޓްހައުސް އަދި އެއަރލައިންސް
  • ޓްރޭޑިން އަދި ލޮޖިސްޓިކްސް
  • ތައުލީމާއި ސިއްހީ ދާއިރާ
  • ފައިނޭސް އެންޑް އިންޝުއަރެންސް
  • ރިނިއެބްލް އެނާޖީ: ފިއުޗަރ އެނާރޖީ

އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ވަރަށް ޚާއްސަ އެވޯރޑްތަކަކާއި އެކު ގާލާ ނައިޓް އެއް ބޭއްވިގެންދާނެއެވެ. މި އަހަރުގެ އެކްސްޕޯގައި ޚާއްޞަ މެޙްމާނެއްގެގޮތުން މިސް ސާބިއާ 2022 އަދި ޔޫރަޕްގެ ޓޮޕް މޮޑެލް، ޢުމުރުން 21 އަހަރުގެ އަންޖާ ރެޑިޗް، ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުން ބައިވެރިވާނެއެވެ.

އަދި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ހުށަހަޅުއްވައިދެއްވާނީ ސާބިއާގެ މަޝްހޫރު ޓީވީ ޕްރޮޑިއުސަރު އަދި ޕްރެޒެންޓަރު މިސް ސްނެޒަނާ ޑަ ކިޗް އެވެ. މީގެ އިތުރުން އެކްސްޕޯގެ ބްޒިނަސް ފޯރަމްގައި ޚާއްސަ ސްޕީކާއެއްގެ ގޮތުން ސާބިއާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ވެސްނާ ޑި ވިންޗާ ބައިވެރިވާނެއެވެ. ވެސްނާ އަކީ، އެންމެ ފަހުން ނެލްސަން މަންޑޭލާ އާއި އިންޓަވިއު ކުރި މީހުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އޭނާ ލިޔުނު ފޮތް "ދަ މަންޑޭލާ ކޯޑް" އާއި ގުޅޭގޮތުން ޕްރެޒެންޓޭޝަނެއްދީ ފޮތް ހަދިޔާކުރުން އޮންނާނެއެވެ.

މި އިވެންޓްގެ ހުޅުވުމުގެ ރަސްމިއްޔާތާއި ނިމުމުގެ ރަސްމިއްޔާތު ވަގުތުން ދުރަށް ދައްކާނެއެވެ.

ވީޑިއޯ އިންޓަވިއު

ޓެގްސް: އެކްސްޕޯ އެކްސްޕޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.