މޯޕާ އިން އެޗްޑީސީ އާއިއެކު އެއްބަސްވުމެއްގައި ސޮއިކުރަނީ

ހަބަރު

"މޯޕާ" އިން "އެޗްޑީސީ" އާއިއެކު، އެއްފަހަރަށް ބޭނުންކުރާ ޕްލާސްޓިކްއާއި ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލީ އަޒްޔަން - ކ. މާލެ | 18 އޯގަސްޓު 2022 , ބުރާސްފަތި 09:59   315

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކްގެ ބާވަތްތައް (ސިންގަލް ޔޫޒް ޕްލާސްޓިކްސް) ވީހާވެސް ބޮޑަށް މަދުކުރުމަށްޓަކައި، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

.

މި އެއްބަސްވުމުގެ ދަށުން، އެއްވިސްނުމެއްގައި ދެފަރާތުން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ކުނި ވަކިކޮށް ބޭނުންތެރި އެހެންކަންކަމުގައި ބޭނުންކުރުމަށް މަގުފަހިވާގޮތަށް، މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

އަދި ހަމައެހެންމެ މިއެއްބަސްވުމުގެ ތެރެއިން މޯޕާއިން، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ސަރަޙައްދުތަކުގައި 345 ޕާޕޮސް-ބިލްޓް ޑަސްބިންތައް ބަހައްޓާނެއެވެ. އަދި ހުޅުމާލޭގެ ބީޗް ސަރަޙައްދު ސާފުކޮށް ބޭއްވުމަށްޓަކައި އަހަރަކު ތިން ފަހަރު ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގާނެއެވެ. އަދި އޭގެއިން ކޮންމެ ފަހަރަކު 500 މީޓަރުގެ ސަރަޙައްދެއް ސާފުކުރާނެއެވެ.

މިއެއްބަސްވުމުގައި މޯޕާގެ ފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ރައީސް އަދި ކޯ-ފައުންޑަރ ތޯރިގް އިބްރާހިމްއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.