އިނގިރޭސިވިލާތުގެ ތަކެތީގެ އަގު އިންތިހާއަށް އުފުލިފައi

ހަބަރު

އިނގިރޭސިވިލާތުގައި، ކާބޯތަކެތީގެ އަގުތައް 40 އަހަރުތެރޭ ނުދާހާ މައްޗަށް

ޒަހީން ޠާލިބް - އައްޑޫ އަތޮޅު | 20 އޯގަސްޓު 2022 , ހޮނިހިރު 08:05   242

ކާބޯތަކެތީގެ އަގު އުފުލިގެން ދިއުމުން 1982 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ އިންފްލޭޝަން ޑަބަލް ޑިޖިޓަށް [10 އިންސައްތައަށްވުރެ މައްޗަށް] އަރާފައިވާއިރު އަގުތަށް އަދިވެސް ދަނީ އުފުލެމުންނެވެ.

ޖުލައި މަހުގެ ހަމަޔަށް، 12 މަސް ދުވަހުގެ ތެރޭގައި އިންފްލޭޝަން %10.1 އަށް އަރާފައިވާއިރު، ޖޫން މަހު %9.4 އަށް އަރާފައިވާ ކަމަށް އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސްރާ (އޯއެންއެސް) އިން ވިދާޅުވި އެވެ.

ދިރިއުޅުމުގެ ހަރަދުތައް އުފުލިގެން ދިއުމަކީ ގޭތަކުގެ ޢާއްމު ރައްޔިތުންގެ ޒަރޫރީކަންކަން ފޫބެއްދުމުގައި ދަތިވާނެ ކަމެއް ކަމަށާއި، މީހުންނަށް އާމްދަނީ ލިބޭ މިންވަރަށް ވުރެބޮޑުތަން އަގުތައް އުފުލިގެން ގޮސްފައިވާކަމަށެވެ.

އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކުން ހާމަ ކޮށްފައިވާގޮތުން މިއަހަރު އިންފްލޭޝަން %13 އަށްވުރެ މައްޗަށް އަރާފާނެ ކަމަށެވެ.

ޕެޓްރޯލް އަދި ޑީސަލްގެ ހަރަދުތައް ވެސް ދަނީ އިންފްލޭޝަން އަށް ބާރުއަޅަމުންނެވެ. އެކަމަކު ޖުލައި މަހު އަގު އުފުލުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ، ކާބޯތަކެއްޗާއި ބަނގުރާ ނުހިމެނޭ ބުއިންތަކުގެ އަގުތައް އުފުލުމުގެ ސަބަބުން ކަމަށް އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ބުނެފައިވެއެވެ.

ސީރިއަލް، ކިރު، ޗީޒް އަދި ބިހުގެ އަގު އެންމެ އަވަހަށް އުފުލިފައިވާއިރު، ތަރުކާރީ، މަސް އަދި ޗޮކްލެޓްގެ އަގުވެސް ވަނީ ވަރަށް ބޮޑުތަން ބޮޑުވެފައެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.