އަލްޖީރިއާގެ އުތުރުގެ ޓިޒީ އޫޒޫގައި އަލިފާން ރޯވުމުން ލިބުނު ގެއްލުންތައް

ހަބަރު

އަލްޖީރިއާގައީ ހިގި އަލިފާނުގެ ހަދީސާތަކުގައި 26 މީހުން މަރުވެއްޖެ

ޒައިން ޠާލިބް - އައްޑޫ އަތޮޅު | 19 އޯގަސްޓު 2022 , ހުކުރު 23:56   238

އެފްރިކާ ބައްރުގެ އުތުރުގައި އޮންނަ، އަލްޖީރިއާގެ އުތުރުގައި ހިނގި އަލިފާނުގެ ހާދިސާގައި 26 މީހުން މަރުވެ, އިތުރު ދިހަވަރަކަށް މީހުން ވަނީ ޒަހަމްވެފަ އެވެ.

އެގައުމުގެ ދާޚިލީ ވަޒީރު ކަމެލް ބެލްޑްޖޫދު ވިދާޅުވީ ޓިއުނީޝިއާގެ ބޯޑަރު ކައިރީގައި އޮންނަ އެލް ޓާފްގައި 24 މީހުން މަރުވެފައިވާއިރު، ސެތިފްގައި މަންމައަކާއި އަންހެން ދަރިއަކު މަރުވެފައިވާ ކަމަށެވެ.

ހެލިކޮޕްޓަރުގެ އެހީތެރިކަމާއެކު ފަޔާ ފައިޓަރުން އަދިވެސް މަސައްކަތް ކުރަމުން ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށެވެ. ރިޕޯޓްތައް ބުނާގޮތުން ތަފާތު އެކި ސަރަހައްދުތަކުން 350 އެއްހާ ރައްޔިތުން ވަނީ ސަލާމަތީ ސަރަޙައްދުތަކަށް ގެންދެވިފައެވެ.

ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނީ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދަކީ އެލް ޓާފް ކަމަށާއި އެ ސަރަހައްދުގައި 16 އަލިފާނުގެ ހާދިސާ ހިނގާފައިވާކަމަށެވެ.

ސެތިފުގައި މަރުވި 58 އަހަރުގެ މަންމަ އާއި އޭނާގެ 36 އަހަރުގެ އަންހެން ދަރިފުޅުގެ ނަން އަދި ހާމަކޮށްފައި ނުވި ނަމަވެސް އެތަނުގެ އޮފިޝަލުން ބުނީ ދިހަވަރަކަށް ގެތަކުގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

އަލްޖީރިއާގެ އުތުރުގައި ކޮންމެ އަހަރަކު އަލިފާން ރޯވުމުގެ ޙާދިސާތައް ހިނގަމުންދާއިރު، މިދިޔަ އަހަރު މިފަދަ ޙާދިސާތަކުގައި 90 މީހުން މަރުވެފައިވެއެވެ. އަދި 100،000 ހެކްޓަރަށް ވުރެބޮޑު ސަރަޙައްދަކުން، ގިނަ ގަސްތައް އަނދާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އާދަޔާ ހިލާފަ ހޫނުވުމުގެ ސަބަބުން ބުދަ ދުވަހު ލިބުނު ގެއްލުންތަކާއިއެކު، އަލިފާން ރޯވެ މަރުވި މީހުންގެ ޖުމްލަ އަދަދު 30 އަށް އަރާފައިވެ އެވެ.

ޓެގްސް: އެފްރިކާ ބައްރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.