މިއަދު އައްޑޫގެ ސްކޫލްތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމްތަކުގެތެރެއިން

ހަބަރު

ވިލާކޮލެޖްގެ ސައިކޮލޮޖީ ފެކަލްޓީގެ އިސް ބޭފުޅުން އައްޑޫސިޓީއަށް ވަޑައިގެން، ސްކޫލްތަކަށް ސިކުޑީގެ ދުޅަހެޔޮކަމާއިގުޅޭ 4 ދުވަހުގެ ޚާއްޞަ ސެޝަންތަކެއް ހިންގަވަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 އޯގަސްޓު 2022 , ހުކުރު 09:41   588

ވިލާކޮލެޖުގެ ސައިކޮލޮޖީ ފެކަލްޓީގެ ފަރާތުން އެކޮލެޖްގެ އައްޑޫ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނާއި ބައްދަލުކުރުމަށް ފެކަލްޓީގެ އިސްވެރިން ކުރެއްވި ޒިޔާރަތުގެތެރެއިން، އައްޑޫ ސިޓީގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާޞަކޮށްގެން ޕްރޮގްރާމްތަކެއް ހިންގަން ފަށައިފިއެވެ.

.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން، ވިލާކޮލެޖްގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. އައިޝަތު ނަޝީދާ ވިދާޅުވީ މިޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ 4 ދުވަހަށް ބަހާލެވިގެން ކަމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން މިއަދު އައްޑޫ ހައިސްކޫލްގެ ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަގުތާއި ސްޓްރެސް [ހާސްކަން] މެނޭޖްކުރާނެ ގޮތުގެ ބައެއް އިރުޝާދާއި މަޢްލޫމާތު ދީފައިވެއެވެ. ހަމައެހެންމެ ޝަރަފުއްދީން ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކުރެވިގެން ދަރިވަރުންނާއި މުޢާމަލާތުކުރާނެ ގޮތާއި ކަންކަމަށް ހިތްޖައްސާނެގޮތުގެ މަޢްލޫމާތު ފޯރުކޮށްދެވިފައިވެއެވެ. އަދި މާދަމާ، އައްޑޫ ޕޮލިސް އެކެޑެމީގެ ސްޓާފުންނާއި ބައްްދަލުކޮށް ސްޓްރެސް މެނޭޖްމެންޓާއި ގުޅޭ ސެޝަނެއް ބާއްވާނެއެވެ.

އަސްލު އަޅުގަނޑުމެން އައްޑޫ އަށް މިއައީ އައްޑުގައި ތިބެގެން އޮންލައިންކޮށް ސައިކޮލޮޖީ ޕްރޮގްރާމްތަކުގައި ބައިވެރިވާ މިކޮލެޖްގެ ދަރިވަރުންނާއި ބައްދަލުކޮށް ޚިޔާލު ބަދަލުކޮށްލުމަށް. ސައިކޮލޮޖީ އަކީ އައްޑޫގައި ވެސް، އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ވަރަށް ޑިމާންޑް ބޮޑު އެއްޗެއް. އަޅުގަނޑުމެން ކިޔަވައިދޭ މީހުންގެ ގޮތުގައި ތިބެ، އިޖްތިމާޢީ ޒިންމާއެއްގެ ގޮތުން އަޅުގަނޑުމެން މިގެންދަނީ މަޢްލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް. އަޅުގަނޑުމެން ވަރަށް ހިތް ހަމަ ޖެހޭ. އަޅުގަނޑުމެން އަންނަން ބޭނުންވޭ އަނެއްކާވެސް އެނބުރި އަންނަން މިތަނަށް. މީއީ ފުރުޞަތުތައް އޮތް ތަނެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. އެ ފުރުޞަތުގެ ބޭނުން ހިފައި އެއްޗިހި އުފައްދަން މަސައްކަތް ކުރަންވީ.

~ ޑރ. އައިޝަތު ނަޝީދާ، ވިލާ ކޮލެޖްގެ އެސިސްޓެންޓް ޕްރޮފެސާރ

ނަޝީދާ އިތުރަށް ވިދާޅުވީ ސައިކޮލޮޖީ އަކީ ވަރަށް ބޮޑަށް އެހެން މީހުންނަށް އެހީތެރިވެދިނުން ކަމަށެވެ. އަދި ހަމަ އެގޮތަށް އެހެން މީހުންނަށް އެހީތެރިވެދިނުމުގެ ކުރިން ތިމާ އަމިއްލައަށް، އަމިއްލަ ނަފްސަށް ވެސް އެހީތެރިވެދޭން ޖެހޭކަމަށެވެ. މިގޮތުން އަޅުގަނޑުމެންގެ އާދަތަކާއި ދިރި އުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ހާސްކަމާއި ކުރިމަތިލާ މީހުންގެ ޢަދަދު ގިނަ ކަމަކާއި، އެކަންކަމާއިމެދު ސަމާލުވެ އެޅިދާނެ ފިޔަވަޅުތައް އެބަހުރިކަމަށެވެ.

މިގޮތުން، ވަގުތު މުހިއްމުކަން ފާހަގަކުރައްވާ، ގަޑި މެނޭޖްކުރުން މުހިއްމުކަމުގައި ވިދާޅުވިއެވެ. އަދި ސަކޮލޮޖީގެ ރޮގުން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް އަގުހުރި ކެރިއަރ ގައިޑެންސް މަޢްލޫމާތު ފޯރުކޮށްދެއްވިއެވެ.

މިލޔުމާއި ގުޅޭ ވީޑިއޯ އިންޓަވިއު

ޝަރަފުއްދީން ސްކޫލްގެ ބެލެނިވެރިންނާއި އެކު ޑރ. ނަޝީދާ
ޑރ. އައިޝަތު ނަޝީދާ، ވިލާކޮލެޖްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ލެކްޗަރަރ
ޓެގްސް: ވިލާ ކޮލެޖް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.