އަލުން ޕޯލިއޯ ފެތުރިދާނެ ކަމުގެ ބިރު

ހަބަރު

ދުނިޔޭގައި އަލުން ޕޯލިއޯ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވަނީ

ދާނިޝް - ދުނިޔެ | 21 އޯގަސްޓު 2022 , އާދީއްތަ 09:20   368

ދުނިޔޭގައި ޕޯލިއޯ އަލުން ފެތުރިގެންފާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

.

ބައިނަލް އަގްވާމީ ބައެއް މީޑީއާ ތަކުން އަންނަނ އެމެރިކާ އާއި އިނގިރޭސވިލާތް އަދި އިޒްރޭލުގެ ބައެއް އަވަށްތަކުގައި ޕޯލިއޯ ފެތުރެމުން އަންނަކަން ރިޕޯޓުކުރަމުންނެވެ. މި ބައްޔަކީ މި ޤައުމުތަކުގައި މީގެ އެތައް ޒަމާނެއް ކުރިން ނައްތާލެވިފައިވާ ބައްޔެކެވެ.

މި ބައްޔަކީ އާންމުގޮތެއްގައި ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ޕޯލިއޯގައި މާބޮޑު ނިޝާނެއް ގިނަ ފަހަރު ނުފެނެއެވެ. އެހެން ނަމަވެސް، ހުން އައުމާއި ހޮޑުލުން ބައެއް ފަހަރު ނިޝާނެއް ގޮތުގައި ފެނެއެވެ. ޕޯލިއޯ ޖެހޭ ގިނަ ކުދިންނަށް ނުރައްކާ ބޮޑުނުވި ނަމަވެސް ބައެއް ކުދިންނަށް ހިނގަން ދަތިވެ އެ ނުކުޅެދުންތެރި ކަމުގައި މުޅި އުމުރު ވަނީ ހޭދަކޮށްފަ އެވެ. އަދި ބަލިޖެހޭ ބައެއް ކުދިންގެ ހަނގަނޑުގެ ބައެއް ހިސާބުތަކުން ވާގިދޫވެ ހިނގަން ނުކުޅެދި އަދި ދާއިމަށް އެހީތެރިކަމަށް ބޭނުންވާ ހާލަތައްވެސް ދެއެވެ.

ސިއްހީ މާހިރުން ބުނާ ގޮތުން ޕޯލިއޯގެ އަލާމާތްތައް ދޭތެރެ ދޭތެރެއިން ބައެއް ގައުމުތަކުން ފެނެއެވެ. ނަމަވެސް މީގެ ކުރިން ބަލި ފެތުރިދާނެ ކަމުގެ ބިރު ހީވެފައެއް ނެތެވެ.

ޕޯލިއޯގެ އަލާމާތްތައް އެގޮތުގައި ފެންނަ ގައުމުތަކުގެ ތެރޭގައި ޕާކިސްތާނާއި އަފްޣާނިސްތާން، މަލާވީ އަދި މޮޒަމްބީކް ހިމެނެ އެވެ.

ޓެގްސް: ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.