ރަޝިއާ އަދި ޗައިނާގެ ރައީސުން

ދުނިޔެ

ރަޝިއާ އާއި ޗައިނާ ޖީ20 ސަމިޓުގައި ބަރިވެރިވާނެ ކަން އިއުލާނުކޮށްފި

ދާނިޝް - ޔޫރަޕް | 21 އޯގަސްޓު 2022 , އާދީއްތަ 15:48   316

އިންޑޮނީޝިޔާގެ ބާލީގައި އަންނަ ނޮވެންބަރު މަހު ބާއްވާ ޖީ20ގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބައިވެރިވެ ވަޑައިގަންނަވާނެކަން އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިދޯދޯ އިއުލާނުކޮށްފިއެވެ.

އިންޑޮނޭޝިއާގައި ބާއްވާ މި ބައްދަލުވުމަކީ ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައާއި ރަޝިޔާ އާއި ޔޫކްރެއިން އުފެދިފައިވާ ނުތަނަވަސް ކަން ފެށުނު ފަހުން ދުނިޔޭގެ އިސްވެރިންގެ މެދުގައި ބާއްވާ މި ފަދަ ފުރތަމަ ބޮޑު ބައްދަލުވުމެވެ. މި މައްސަލަ ތަކުގައި ރަޝިއާ އާއި ޗައިނާ އާއި އެމެރިކާ އާއި ދެމެދު ވަނީ ހޫނު ބަހުގެ ހަމަލާތަކެއްވެސް ބަދަލުކޮށް ބޮޑު ކޯޅުންގަނޑެއް އުފެދިފައެވެ.

ޖީ20ގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، ބައްދަލުވުމުގެ ހަވާސާގައި ބައިޑަންއާއި ޝީގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ބެލެވެއެވެ. ބައިޑަންއާއި ޕުޓިން ބައްދަލު ކުރައްވާނެ ކަން އަދި ސާފެއް ނޫނެވެ

ރަޝިއާ އާއި އެމެރިކާ ދެމެދު ހަމަނުޖެހުން އުފެދިފައިވާ ވަނީ ރަޝިޔާއިން ޔޫކްރެއިނާއި ދެމެދު ފަށައިފައިވާ ހަނގުރާމައާއި ގުޅުގެންނެވެ. އެ ހަނގުރާމައިގައި އެމެރިކާއިން އަންނަނީ ޔޫކްރެއިނަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެކީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި އެމެރިކާ އާއި ޔޫރަޕުގެ އިއްތިހާދުން ވަނީ ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އަޅައިފައެވެ. ޗައިނާއާއި އެމެރިކާއާ ދެމެދު ދެބަސްވުންތައް އުފެދިފައި ވަނީ އިންސާނީ ހައްޤުތަކާއި ވިޔަފާރިއާ ގުޅޭ މައްސަލަތަކުގައެވެ. އަދި، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ތައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެންވެސް ދެ ޤައުމުގެ ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ.

ޖީ20ގެ ބައްދަލުވުމަށް ޕުޓިންއަށް ފޮނުވާފައިވާ ދައުވަތު އަނބުރާ ގެންދިޔުމަށް އެމެރިކާއިން ވަނީ އިންޑޮނީޝީޔާއަށް ގޮވައިލާފައެވެ. ނަމަވެސް، އެ ޤައުމުން ވަނީ، އެހެން ޤައުމުތަކުގެ މެދުގައި ޞުލްޙަ ކުރަން މަސައްކަތް ކުރުމުގެ ގޮތުން ޕުޓިންއަށް ފޮނުވި ދައުވަތު އަނބުރާ ނުގެނައުމަށް ނިންމާފައެވެ.

ޓެގްސް: ޖީ20
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.