ޔޫކްރޭންގެ ފުޓްބޯޅަ ދަނޑެއq

ހަބަރު

އާހިތްވަރަކާއިއެކު ޔޫކްރޭނުގް ޕްރެމިއަރ ލީގު ފަށަން ތައްޔާރުވެއްޖެ

ޒަހީން ޠާލިބް - އައްޑޫ އަތޮޅު | 22 އޯގަސްޓު 2022 , ހޯމަ 08:22   337

22 ފެބްރުއަރީގައި ސައިޑޮރެންކޯގެ ޓީމު މެޓަލިސްޓް, ޚާރކިވް ޔޫކްރޭންގެ ޕްރިމިއާ ލީގުގެ, ވިންޓަރ ބްރޭކްގައި ގަވާއިދުން ބާއްވާ ޕެރެކްޓިސްކުރުންތަކުގައި ބައިވެރިވަމުން ދިޔަނަމަވެސް، އޭގެ ދެދުވަސް ފަހުން ހަނގުރާމައިގެ ހޫނާއިއެކު ހުރިހާ ކަމެއް ހުއްޓާލަން ޖެހުނެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކަލަށް މެދުކެނޑުމެއް ނެތް ނަމަވެސް، ޔޫކްރޭނުން ދަނީ ފުޓްބޯޅަ މުބާރާތްތައް އަލުން ފެށުމަށް ތައްޔާރުވާންފަށައިފިއެވެ.

ރަޝިޔާއިން ޔޫކްރޭން އަށް ހަމަލާ ދޭން ފެށި ފަހުން ގިނަ ޓީމުތަކެއް ވަނީ އެގައުމުގެ ހުޅަނގުގައި އޮންނަ ލުވިވް ފަދަ ސިޓީތަކަށް ބަދަލުވެފަ އެވެ. މިސަރަޙައްދުތަކަކީ، މާ ބޮޑަށް ޙަމަލާތައް އަމާޒުކޮށްފައިވާ ސަރަހައްދުތަކަށް ނުވާތީ ، އެސިޓީތަކުން ރައްކާތެރިކަން ލިބޭ ކަމަށް ވާތީ އެވެ.

ޔޫކްރޭންގެ އެފްއޭގެ ރައީސް ޕަވެލްކޯ ވިދާޅުވާގޮތުން މި ސީޒަނުގައި މެޗުތައް ބޭއްވޭނެ އެންމެ ރަނގަޅު ގޮތްތަކާ މެދު ޑިފެންސް މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ބެލުންތެރިންނަށް ރައްކާތެރިކަން ލިބޭނެގޮތައް ފާސްކޮށްފައިވާ ދަނޑުތަކުގައި ވައިގެ ހަމަލާތަކާއި ބޮމުގެ ހިޔާތައް ބަހައްޓާނެ ކަމަށެވެ.

މީގެކުރިން، ރަޝިޔާއިން ދިން ހަމަލާތަކުގެ ސަބަބުން މައިރޮންޗުކްގެ ގިނަ އަދަދެއްގެ ޓީމުގެ ކުޅުންތެރިން ދެ ހަފްތާ ވަންދެން ބަންކަރެއްގައި އުޅެން މަޖުބޫރުވިއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.