އާސެނަލާއި ބޯންމައުތް ބައްދަލުކުރި މެޗުގެ ތެރެއިން

ކުޅިވަރު

ލީގުގެ އެއްވަނައަށް އާސެނަލް ޖެހިލައިފި

ދާނިޝް - ޔޫރަޕް | 21 އޯގަސްޓު 2022 , އާދީއްތަ 20:48   297

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ.

އާސެންލް ލީގުގެ އެއްވަނަ އަށް ޖެހުނީ ބޯންމަތު 0-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ބޯންމަތުގެ ދަނޑުގައި ކުޅުނު މި މެޗްގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

މެޗްގެ ފަސްވަނަ މިނެޓްގައި އާސެނަލްގެ ކެޕްޓަން މާޓިން އެޑެގާޑް ޖަހައިދިން ލަނޑާއި އެކު އާސެންލް އިން މެޗުގެ ލީޑު ނެގިއެވެ. އަދި އޭގެ ހަމިނިޓު ފަހުން އޭނާ ވަނީ މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އާސެނަލްއަށް މެޗުގެ ލީޑު ފުޅައުކޮށްދީފައެވެ.

އާސެނަލުން މެޗުގައި ކާމިޔާބު ކުރި ފަހު ލަނޑު ކާމިޔާބުކުރީ މެޗުގެ 54 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ މިސީޒަންގައި އާސެނަލްއާ އަލަށް ގުޅި މޮޅު ކުޅުމެއް ދައްކަމުންދާ ވިލިއަމް ސަލީބާއެވެ. މިމެޗްގައި އާސެނަލްގެ ބްރެޒިލް ފޯވަޑް ގެބްރިއެލް ޖޭސުސްލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެލަނޑުވަނީ އޮފްސައިޑްކަމަށް ދައްކާފައެވެ.

މި މެޗުން ލިބުނު މޮޅާއި އެކު އާސެނަލުން މިވަނީ އެޓީމް ކުޅުނު ފުރަތަމަ ތިން މެޗްވެސް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރާފައެވެ. މިމެޗުން ބަލިވުމުން ބޯންމޯތު މިހާރު އުޅެނީ ތިން މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.