އެމްޑީޕީ އެންމެ އިސް ދެލީޑަރުން، ރައީސް ނަޝީދު، އަދި ރައީސް ސޯލިހް

ހަބަރު

އެމްޑީޕީގެ ކޮންގްރެސް : ރައީސް ނަޝީދު، އަނެއްކާވެސް ގޮތްދޫކުރައްވައި، ފަހަތަށް ޖެހިވަޑައިގެންފި

އަލީ އަޒްޔަން - ކ. މާލެ | 22 އޯގަސްޓު 2022 , ހޯމަ 09:02   356

ވަރަށް ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް އެމްޑީޕީގެ ކޮންގްރެސްގައި މާބޮޑު ބަދަލުތަކެއް ނުގެނެވި ނިމުމަކަށް އަތުވެއްޖެއެވެ.

.

މުޅި ކޮންގްރެސްގެ ހުރިހާ ބަހުއްސެއް ކަހަލަގޮތަކަށް މިސްރާބު ހުރީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ޤަރާރާއި ގުޅޭގޮތުންނެވެ. ނަމަވެސް، ކޮންގްރެސް ނިމުމުގެ ކުރިން، ކުއްލިގޮތަކަށް އެމަނިކުފާނު ވަނީ އެމަނިކުފާނު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވާފައެވެ.

ޤަރާރު ހުށަހަޅުވަމުން ނަޝީދު ވިދާޅުވެފައިވަނީ، ކަންކަަން ކުރެވޭނީ ބަދަލުތަކުގެ ތެރެއިން ކަމަށާއި، އިންސާނީ ތޮބީޢަތަކީ ބަދަލަށް އެދުން ކަމަށެވެ.

ޕާޓީގެ އެއްބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލު ނެތްކަމަށް. އަނެއް ބަޔަކު ދެކެނީ ބަދަލު އަދިވެސް ވާން ޖެހޭ ކަމަށް. އަދިވެސް ރާއްޖޭގެ ރައްޔިތުން އެދެނީ ބަދަލަށް. ޝައްކެއް ނެތް. އެބަހުސް އިން އަޅުގަނޑުމެން ނަތީޖާ ނެރޭނީ.

~ ރައީސް ނަޝީދު

އެމްޑީޕީގެ ކޮންގްރެސްގެ ބައްދަލުވުން ނިންމާލުމުގެ ކުރިން، ދެބޭފުޅުން ވެސް އެއް މޭޒަކަށް ވަޑައިގެން ވަނީ، ގަރާރާއި އެކު ކުރިއަށް ނުދިއުމަށް ނިންމާފައެވެ.

ރައީސް ނަޝީދު ގަރާރު އަނބުރާ ގެންދަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެން ގަސްތުކުރަނީ އަދި މިމަޝްވަރާތައް ކުރިއަށް ގެންދަން. މިގަރާރު އިހަށް މިއޮތްގޮތަށް ބާއްވާ، މިއާއިދޭތެރޭ ބަހުސްނުކޮށް، ރައީސުލް ޖުމްހޫރިއްޔާ އާއި ތި ހުރިހާބޭފުޅުންނާއި އެކު މަޝްވަރާކޮށްގެން އަޅުގަނޑު ދެކެނީ، އަޅުގަނޑުމެން އެންމެންނަށް ޤަބޫލުކުރެވޭ ގޮތެއް އިރާދަކުރެއްވިއްޔާމު މިކަމުގައި ފެނިގެންދާނެ."

ހަމައެހެންމެ ކޮންގްރެސް ނިންމަވާލައްވަމުން، ރައީސް ސޯލިޙް ވިދާޅުވީ، "މިއަދު ރައީސް ނަޝީދު އެހުށަހަޅުއްވަން އެޤަސްތުކުރެއްވި ޤަރާރު، ކުރިއަށް ނުގެންދަވަން އެނިންމެވި ނިންމުމަކީ، އަޅުގަނޑު ހިތުން ވަރަށް ރަނގަޅު ނިންމުމެއް." ރައީސް ސޯލިހް އެހެން ވިދާޅު ވުމާއި، ޖަލްސާގައި ތިއްބެވި އެންމެހާ ބޭފުޅުންގެ ހޫނު އަތްތިލަބަޑީގެ އަޑު އިވިގެން ދިޔައެވެ.

ދެބޭފުޅުން ވެސް ވަނީ، ސަލާންކުރައްވާ، ސުލްޙަވެރިކަމާއި އެކު ކޮންގްރެސް ނިންމަވާ ލައްވާފައެވެ.

ޓެގްސް: އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.