މިސް ވޯލްޑް ސާބިއާ އަންޔާ ރެޑިޗް އައްޑޫ ސިޓީގައި

ހަބަރު

މިސް ވޯލްޑް ސާބިއާ އައްޑޫ ސިޓީގައި، ބޭނުން ވަނީ ދިވެހި ލިބާހެއް ލާން

ދާނިޝް - އައްޑޫ އަތޮޅު | 24 އޯގަސްޓު 2022 , ބުދަ 00:32   1829

ޔޫރަޕްގެ އެންމެ މަޤްބޫލް މޮޑެލްގެ ގޮތުގައި ހޮވިފައިވާ ސާބިއާގެ ރީތީގެ ރާނީ (މިސް ވޯލްޑް ސާބިއާ 2021)، އަންޔާ ރެޑިޗް (21އ)،އާއި ސާބިއާގެ މިސް ސާބިއާގެ ޕްރެސިޑެންޑް އަދި ސޯޝަލްމީޑިއާ އިންފްލުއެންސާ ވެސްނާ ޑެވިންޗާގެ އިތުރުން މަޝްހޫރު ޖާނަލިސްޓް އަދި ޕްރޮގްރާމް ޕްރޮޑިއުސާރ ސްނެޒަނާ އައްޑޫސިޓީއަށް މިއަދު ހެދުނު އައިސްފިއެވެ.

އަންޔާ ރާއްޖެ އަންނަނީ، ޓައިޓަން މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން އޯގަސްޓްމަހުގެ 25 އިން 27 އަށް އައްޑޫ ސިޓީގައި ބާއްވާ "ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ" ގެ ދެވަނަ އެޑިޝަންގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރި ވުމަށެވެ.

މީގެ ކުރިން އަންޔާ ބުނެފައިވަނީ، އައްޑޫ ހަވާދު އައްޑޫގައި ރަހަ ބަލާލަން ބޭނުންވާކަމަށެވެ. މިއަދު އެކްސްޕްރެސް ނޫހާއި ވާހަކަދައްކަމުން އަންޔާ ބުނެފައިވަނީ އައްޑޫ އަށް އާދެވުމުން ވަރަށް އުފާކުރާ ކަމަށާއި، ދިވެހި އާދަކާދަތަކާއި، ސަގާފަތް ވަރަށް ބޮޑަށް ތަޖުރިބާ ކުރަން ބޭނުންވާކަމަށެވެ. އެގޮތުން ދިވެހި ލިބާސް ވަރަށް ގަޔާވާކަމަށާއި، ދިވެހި ލިބާހެއް ލާން ބޭނުންވާކަމަށެވެ.

މި އެކްސްޕޯގެ ޙާއްސަ މެހެމާނަކަށް އަހަރެން ވެ މި ލިބުނު ފުރުސަތު ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަދި އައްޑޫއަށް އާދެވުމުން މިހުރީ ވަރަށް އުފާވެފަ. އަދި ރާއްޖެ މުޅި ދުނިޔެއަށް އިޝްތިހާރު ކުރުމަށް އަހަރެން މިހުރީ ވަރަށް ބޮޑަށް ތައްޔާރަށް.

~ ޓޮޕް މޮޑެލް އަންޔާ ރެޑިޗް

އަންޔާގެ އިތުރުން ވެސްނާ ޑި ވިންޗާ އެކްސްޕޯގެ ބްޒިނަސް ފޯރަމްގައި ޚާއްސަ ސްޕީކާއެއްގެ ގޮތުން ސާބިއާގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. ވެސްނާ އަކީ، އެންމެ ފަހުން ނެލްސަން މަންޑޭލާ އާއި އިންޓަވިއު ކުރި މީހުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އޭނާ ލިޔުނު ފޮތް "ދަ މަންޑޭލާ ކޯޑް" އާއި ގުޅޭގޮތުން ޕްރެޒެންޓޭޝަނެއްދީ ފޮތް ހަދިޔާކުރުން އޮންނާނެއެވެ. އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަމުން ވެސްނާ ބުނި ގޮތުގައި މި އެކްސްޕޯގައި ބައިވެރި ވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑް ހިތްހަމަޖެހުމެއް ކަމުގައެވެ.

" ޖާނަލިސްޓެއްގެ އިތުރުން، މިސް ސާބިއާގެ ޕްރެސިޑެންޑް އަދި އެންމެ ފަހުން ނެލްސަން މަންޑޭލާ އާއި އިންޓަވިއު ކޮށް ފޮތެއް ނެރެ ޝާއިރު ކުރި މީހެއްގެ ހައިސިއްޔަތުން އައްޑޫސިޓީގައި މިބޭއްވޭ އެކްސްޕޯގައި ބައިވެރިވުމާއި ރާއްޖޭގެ ދެކުނުގެ މާހައުލާއި ރީތިކަން ތަޖުރިބާ ކޮށްލަން ލިބުމުން މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ" ވެސްނާ ބުންޏެވެ.

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ހުށަހަޅުއްވައިދެއްވާނީ ސާބިއާގެ މަޝްހޫރު ޓީވީ ޕްރޮޑިއުސަރު އަދި ޕްރެޒެންޓަރު މިސް ސްނެޒަނާ ޑަ ކިޗް އެވެ.

" ރާއްޖެ އައިސް ރާއްޖޭގެ ދެކުނުގެ ރީތިކަން ބަލައިލމަށް ފުރުސަތު ލިބުމުން މިހުރީ ވަރަށް ހިތްހަމަޖެހިފަ. އަދި ސަދަން މޯލްޑިވްސް ބިޒިނަސް އެކްސްޕޯގެ ފެށުމުގެ ރަސްމިއްޔާތާއި ނިމުމުގެ ރަސްމިއްޔާތު ހުށަހަޅަން ފުރުސަތު ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަދި ހަމަ ޔަގީނުންވެސް ރާއްޖޭގެ ރީތިކަމާއި ހޮސްޕިތަލިޓީގެ ފުރިހަމަކަން ފެނިގެންދާނެކަމުގެ ޔަގީންކަން އެބައޮތް" ސެނެޒެނާ ބުންޏެވެ.

ވެސްނާ، ސްނެޒަނާ، އަންޔާ
އަންޔާ ރެޑިޗް

އައްޑޫސިޓީއަށް މި އައި ސާބިއާގެ 3 މެހެމާނުންނަށް އައްޑޫސިޓީ ކައުންސިލްގެ ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލާ އާމިނަތް ސަލްމާ ވަނީ މަރުހަބާ ކިޔުމުގެ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ. އަދި ކައުންސިލާ ސަލްމާ ވަނީ މި ތިން ކަނބަލުންނަށް މަރުހަބާ ކިޔުއްވާފައެވެ.

އެކްސްޕޯގައި ޝަރަފްރެވި މެޙްމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވާނީ، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެވެ. މީގެއިތުރުން ސަރުކާރު ވުޒާރާތަކުގެ އިސް ބައެއް ވެރިންނާއި ތައްލީމީ ދާއިރާގެ ފުންނާބު އުސް ބޭފުޅުން ބައިވެވަޑައިގަންނަވާ ޕެނެލް ޑިސްކަސްޝަންތަކުގެ އިތުރުން، ބިޒްނެސް ފޯރަމެއް އޮންނާނެއެވެ.

އެކްޕޯ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ހަޖާއިރު އައްޑޫ ހައި ސްކޫލްގައެވެ. ބުރާސްފަތި ދުވަހުގެ މެންދުރުފަހުން، އެކްސްޕޯ އާއްމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލާނެއެވެ. އެކްސްޕޯއަށް ވަނުމަށްޓަކައި، ފީ އެއްދައްކަން ނުޖެހޭއިރު، މިއެކްސްޕޯ ހޮނިހިރު ދުވަހާއި ހަމަޔަށް ކުރިއަށްދާނެއެވެ.

އަދި އައްޑޫގައި ހޮނިހިރު ދުވަހު އެކްސްޕޯ ނިންމާލުމަށްފަހު، މިސްސާބިއާ އަދި ޓީމް ފުވައްމުލައް ސިޓީ އަށް ދެދުވަހުގެ ޒިޔާރަތެއްކޮށް އެތަނުގެ ރީތިކަން ބަލާލައި، މުޅިދުނިޔެއަށް ދައްކަމުންދާނެއެވެ.

މިލިޔުމާއި ގުޅޭ އިތުރު ފޮޓޯތައް

މިލިޔުމާއި ގުޅޭ:

މިސް ވޯލްޑް ސާބިއާ 2021 އޯގަސްޓު 3 ގައި އައްޑުއަށް، އޭނާ ބޭނުންވަނީ އައްޑޫ ހަވާދުގެ ރަހަ ބަލާލަން

ސަދަން މޯލްޑިވްސް ބިޒްނެސް އެކްސްޕޯ، ދެވަނަ އެޑިޝަން ކުރިއަށް އޮތް ހަފްތާ ބަންދުގައި ފެށޭނެ

ސަދަން މޯލްޑިވްމް ބިޒްނެސް އެކްސްޕޯ ދެވަނަ އެޑިޝަން ރޯދަމަހަށް ފަހު އައްޑޫގައި

ޓެގްސް: އެކްސްޕޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.