އަންޔާ

ހަބަރު

ސަދަން މޯލްޑިވްސް ބިޒިނަސް އެކްސްޕޯ-ސެކަންޑް އެޑިޝަން ފެށިގެން ކުރިއަށް ދަނީ

ދާނިޝް - އައްޑޫ އަތޮޅު | 27 އޯގަސްޓު 2022 , ހޮނިހިރު 16:07   209

ޓައިޓަން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސަދަން މޯލްޑިވްސް ބިޒިނަސް އެކްސްޕޯގް ދެވަނަ އެޑިޝަން އައްޑު ހައިސްކޫލުގައި ފެށިގެން ކުރިއަށް ދާން ފަށައިފިއެވެ.

މި އެކްސްޕޯގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނި ފިނޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްފާޟިލް އަނަސް އަބްދުލް ސައްތާރްއެވެ. މީގެ އިތުރުން އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުއާއު އާއި ކައުންސިލުގެ ބައެއް އެހެން މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަނަސް އަބްދުލް ސައްތާރު ވަނީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް މިފަދަ އެކްސްޕޯތަކުގެ މުހިންމު ކަން ފާހަގަކުރައްވާފައެވެ. އަދި ޙާއްސަ ގޮތެއްގައި ރާއްޖޭގެ ޓުއަރިޒަމް އަދި ބިޒިނަސް ސެކްޓާއަށް މިކަމުން ލިބޭނެ މަންފާ ބޮޑުކަމަށްވެސް ސްޓޭޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން އައްޑޫސިޓީގައި މިފަދަ ހަރަކާތެއް ހިންގޭ ކަމީ އައްޑޫއަށް އެކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑު މަންފާއެއް ކުރާނެ ކަމަށް ދެކޭ ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މި ހަފްލާގައި ހާއްސަ މެހެމާނެއްގެ ގޮތުން ޔޫރަޕްގެ އެންމެ މަޤްބޫލް މޮޑެލްގެ ގޮތުގައި ހޮވިފައިވާ ސާބިއާގެ ރީތީގެ ރާނީ (މިސް ވޯލްޑް ސާބިއާ 2021)، އަންޔާ ރެޑިޗް ބައިވެރިވިއެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަންޔާ ވަނީ އައްޑޫއަކީ ހިތްގައިމު ރީތި ސިޓީއެއްގެ ގޮތުގައި ފާހަގަކޮށް މި ސިޓީއިން ލިބެއުން އަންނަ މެހެމާންދާރީ ފާހަގަކޮށްފައެވެ.

އަންޔާގެ އިތުރުން ޚާއްސަ މެޙްމާނުންގެ ގޮތުގައި ސާބިއާގެ މިސް ސާބިއާގެ ޕްރެސިޑެންޑް އަދި ސޯޝަލްމީޑިއާ އިންފްލުއެންސާ ވެސްނާ ޑެވިންޗާގެ އިތުރުން މަޝްހޫރު ޖާނަލިސްޓް އަދި ޕްރޮގްރާމް ޕްރޮޑިއުސާރ ސްނެޒަނާ ބައިވެރިވިއެވެ. އެކްސްޕޯގެ ފެށުމުގެ ރަސްމިއްޔާތުގެ ހޯސްޓެއްގެ ގޮތުގައި ސެނެޒެނާ ބައިވެރިވިއިރު އޭނާވެސް ވަނީ އައްޑޫސިޓީގެ ރީތިކަމާއި ހިއްފަސޭހަ މާހައުލާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

މި އެކްސްޕޯގައި އައްޑޫސިޓީގެ ފާހަގަކޮށްލެވޭ ބައެއް ވިޔަފާރިތައް ކަމަށްވާ ކޮންޓްރޯލް ޕީ، އީހަބް ، މަލްޓީ ސްޓޯރް އަދި އަލަށް ކުރިއަރަމުން އަންނަ ކުފުންޏެއް ކަމުގައިވާ ވެލޭރިއަން ކޮފީ ރޯސްޓާސް ބައިވެރިވެއެވެ. އަދި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ އިތުރުން ވިލާ ކޮލެޖް، ސައިރިސް ކޮލެޖް އަދި އައްޑޫހައިސްކޫލް އެކްޒިބިޓަރުންގެ ގޮތުގައި ބައިވެރި ވެއެވެ.

މި އެކްސްޕޯގެ ހަރަކާތްތަކުގެ ތެރެއިން މިރޭ އެގްޒިބިޓަރުންގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ހާއްސަ ގިވްއަވޭ ތަކެއް ދިމުނަށް ވަނީ ހަމަޖެހިފައެވެ. އަދި އެކްޕޯގެ ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ބައިވެރިވާ ސާބިއާގެ ރީތީގެ ރާނީ އަންޔާ، އަދި ސެނެޒެނާ އާއި ވެސްނާ ބައިވެރިވާނެއެވެ.

ޓެގްސް: އެކްސްޕޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.