ޙާލުގައި ޖެހިފައިވާ ބަޔަކު އެހީތެރިވާނެ ބަޔަކު އަންނަންދެން މަޑުކޮށްލައިގެން

ދުނިޔެ

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަބަޔަކު މަރުވެ، އެހީއަށް އެދިއްޖެ

އަލީ އަޒްޔަން - ދެކުނު އޭޝިޔާ | 28 އޯގަސްޓު 2022 , އާދީއްތަ 18:41   405

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތައް މިލިއަން މީހުންނަށް އަސަރުކޮށް، ގިނަ ބަޔަކު މަރުވެއްޖެއެވެ.

.

ޕާކިސްތާނުގެ ކާރިސާތަކާއި ގުޅޭ ޤައުމީ އިދާރާ އާއި ޙަވާލާދީ، ބީބީސީ ބުނާ ގޮތުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 119 މީހަކު މަރުވެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ.

އިނގިރޭސިވިލާތާއި، އެމެރިކާ، އަދި އެކުވެރި އަރަބި ޢިމާރާތުން އެހީތެރެިކަން ފޯރުކޮށްދީފައި ވީނަމަވެސް، މާލީގޮތުން އެގައުމަށް އިތުރަށް އެހީ ބޭނުންވާކަމަށް އެޤައުމުން ބުނެފައިވެއެވެ.

ޙާލުގައި ޖެހުނު މީހުންގެތެރެއިން އެކަކު ބުނެފައިވަނީ، އެސަރަޙައްދުގައިވާ ކޯރެއް ބަންޑުންވުމުގެ ސަބަބުން، އޭނާގެ ދަރިފުޅު އޮޔާއި އެކު ގޮސް ގެއްލިފައިވާކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެފައިވާގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދަށް އެހީވުމަށް 45 މިލިއަން ޑޮލަރު ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވެއެވެ. ގެއްލުން ލިބުނު ކޮންމެ ޢާއިލާއަކަށް 112 ޑޮލަރު ދިނުމަށް ނިންމާފައިވެއެވެ. އަދި ހަފްތާއެއްގެ ތެރޭގައި މިފައިސާ ދޫކޮށް ނިންމާނެކަމަށް ޚަބަރުތައް ބުނެއެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މި ފެންބޮޑުވުންތަކާއެކު އެޤައުމުގެ 33 މިލިއަން މީހުންނަށް ގެއްލުން ލިބިފައިވާކަމަށެވެ. އެއީ އާބާދީގެ ނިސްބަތުން ބަލާއިރު 15 އިންސައްތައެވެ.

ޓެގްސް: ޕާކިސްތާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.