އޭޝިއާގައި ދެވަނައަށް އެންމެ މުއްސަނދި، 65 އަހަރުގެ އަމްބާނީ (ވ) އަންހެނުން އަދި ދަރިންނާއި އެކު (އީޝާ، އާނަންޓް، އަދި އާކާޝް)

ވިޔަފާރި

މުކެޝް އަމްބާނީ، 220ބިލިއަން ޑޮލަރުގެ ބިޔަ މިލްކިއްޔާތު ތިން ދަރިންނާއި ޙަވާލުކުރަން ނިންމައިފި

އަލީ އަޒްޔަން - އިންޑިއާ | 31 އޯގަސްޓު 2022 , ބުދަ 10:43   356

އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކެޝް އަމްބާނީ، ވިޔަފާރި އާއި ދުރަށްޖެހި، އޭނާގެ 220 ބިލިއަން ޑޮލަރުގެ މިލްކިއްޔާތް އޭނާގެ ތިން ދަރިންނާއި ޙަވާލުކުރުމަށް ނިންމައިފިއެވެ.

ހޯމަ ދުވަހު ޙިއްސާދާރުންނާއި ޙިއްސާކޮށްފައިވާ ސަކްސެޝަން ޕްލޭން (ވިޔަފާރިން ދުރަށް ޖެހުމުގެ ޕްލޭން) ގައިވާގޮތުން، ބާރުތައް ބަހާލެވިގެން ދާނީ ހަމަކަމާއިއެކު ކަމުން، އެފަދަކަމަށް ތައްޔާރުވުމަށް ތިން ދަރިންނަށް ވެސް ކުންފުނީގެ އިސްވެރިންނާއި ޚުދު އަމްބާނީގެ ފަރާތުން ވެސް ތަމްރީނާއި އިރުޝާދުތައް ފޯރުކޮށްދެމުންދާކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ މަޝްހޫރު ރިލަޔަންސް ކުންފުނީގެ ޗެއަރމަން އަމްބާނީގެ ތިން ދަރިން ތިބޭ އިރު، އީޝާ އެއީ އަންހެން ދަރިފުޅެވެ. ދެފިރިހެން ދަރިންނަށް ކިޔަނީ އަނަންޓް އަދި އާކާޝްއެވެ.

އަމްބާނީ އަކީ މުޅި އޭޝިއާ ބައްރުގައި ވެސް ދެވަނަ އަށް އެންމެ މުއްސަނދި މީހާއެވެ. މުވާސަލާތީ ވިޔަފާރީގެ އިތުރުން ތެލުގެ ވިޔަފާރިއާއި ސުޕަރމާކެޓް ހިންގުންފަދަ ގިނަކަންކަން އޭނާގެ ކުންފުނިތަކުން ކުރެއެވެ.

މިއީ އޭނާގެ މިލްކިއްޔާތާއި ގުޅޭގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. "ކުރިއަށް އޮތްތަނުގައި ވެސް ކުންފުންޏަށް އެހީތެރިކަން ބޭނުންވާނަމަ ފޯރުކޮށްދެމުންދާނަން"، އަމްބާނީ ބުނެފައިވެއެވެ.

ހަމަ މިއާއި އެކު އަމްބާނީ ވަނީ އޭނާގެ މުވާޞަލާތީ ކުންފުނި ޖިއޯ އިން 5ޖީ ތަޢާރަފްކުރުމަށްޓަކައި 25 ބިލިއަން ޑޮރަލު ހޭދަކުރަމުންދާކަމަށް ވެސް ބުނެފައެވެ.

އަމްބާނީ ގެ ބައްޕަ ދިރުބާނީ 2002 ވަނަ އަހަރު ކުއްލިގޮތަކަށް ދުނިޔެ ދޫކުރިއިރު، މިލްކިއްޔާތާއި ގުޅޭ ވަޞިއްޔަތެއް ހުށަހަޅާފައި ނުވުމުގެ ސަބަބުން އޭނާގެ ކޮއްކޮ އަނިލް އާއި ދެމެދު ބޮޑު ނުތަނަވަސް ކަމަކާއި ވާދަވެރިކަމެއް އުފެދުނުކަމުގެ ހިތި ތަޖުރިބާކުރަން ޖެހުނުކަމަށް އަމްބާނީ ބުނެފައިވެއެވެ.

ޓެގްސް: މުވާޞަލާތީ ޚިދުމަތްތައް މީހުން ބިލިއަނަރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.