މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުޙައްމަދު: އެމަނިކުފާނުވަނީ ކޮވިޑަށް ޕޮޒިޓިވް ވެގެން އެޑްމިޓްކޮށްފައި

ދުނިޔެ

މެލޭޝިއާގެ ކުރީގެބޮޑުވަޒީރު މަހާތީރު މުޙައްމަދު އެޑްމިޓްކޮށްފި

އަމާނީ - މެލޭޝިޔާ | 1 ސެޕްޓެންބަރ 2022 , ބުރާސްފަތި 08:25   296

ކޮވިޑަށް ޕޮޒިޓިވް ވުމާގުޅިގެން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު އެޑްމިޓް ކޮށްފިއެވެ. އެމަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާގޮތުން ޑރ. މަހާތީރު މުހަންމަދު އެޑްމިޓް ކުރެވުނީ އިތުރު ތަޙުލީލުތަކެއް ކުރުމަށެވެ. އެބަޔާނުގައި އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޢުމުރުފުޅުން 97 އަހަރުގެ މަހާތީރު ކޮވިޑަށް ޕޮޒިޓިވްވެ މެލޭޝިޔާގެ ނޭޝަނަލް ހާރޓް އިންސްޓިއުޓުގައި އެޑްމިޓް ކުރިއިރު އެމަނިކުފާނު ގެންދަވަނީ ހިތްޕުޅުގެ އާލާސްކަންފުޅަކަށްވެސް ފަރުވާ ހޯއްދަވަމުންނެވެ. ޑރ. މަހާތީރު މުޙައްމަދު ވަނީ ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރައްވައި އަދި ބޫސްޓަރ ޑޯޒްއެއްވެސް ޖައްސަވާފައެވެ.

ޑރ. މަހާތީރު މުހަންމަދުވަނީ، 2003 ވަނަ އަހަރުން ފެށިގެން 22 އަހަރުވަންދެން މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެއަށްފަހު، 2018 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބު، ކޯލިޝަނެއް ހައްދަވައިގެން ކާމިޔާބު ކުރައްވައި، އަލުން ބޮޑުވަޒީރުގެ މަގާމަށް އެމަނިކުފާނު ވަޑައިގެންފައިވެއެވެ. އެހެންނަމަވެސް އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ވެރިކަން ކުރާ ކޯލިޝަންގައި އުފެދުނު ދެބަސްވުންތަކަކަށްފަހު އެމަނިކުފާނުގެ ވެރިކަން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ޓެގްސް: މެލޭޝިއާ ޤައުމުތަކުގެ އިސް ވެރިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.