މޯލްޑިވިއަންގެ މަތިންދާ ބޯޓެއް އައްޑޫ ސިޓީ ގަމުގެ ވައިގެ ބަނދަރުގައި

ހަބަރު

މޯލްޑިވިއަން، ފިއުލްސާޗާޖަށް ގެނައި ބަދަލާއެކު ޓިކެޓަކުން 68ރ. ބޮޑުވެއްޖެ

އަމާނީ - ކ. މާލެ | 1 ސެޕްޓެންބަރ 2022 , ބުރާސްފަތި 09:03   623

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ނަގާ ފިއުލް ސާޗާޖު ބޮޑުކުރުމުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑުވެއްޖެއެވެ. ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ފިއުލް ސާރޗާޖްގެ ގޮތުގައި 65 ރުފިޔާ އިތުރަށް ބޮޑުކޮށްފައިވެއެވެ. މި ބަދަލާއެކު ފަސިންޖަރުންގެ އަތުންނަގާ އެހެނިހެން ޗާޖުތަކާއި ޖީއެސްޓީ ވެސް ހިމެނުމުން ކުރިން ޓިކެޓް ވިއްކާ އަގަށްވުރެ 68 ރުފިޔާ ބޮޑުވެފައިވެއެވެ.

މިކަމާގުޅިގެން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ފިއުލް ސާޗާޖުގެ ގޮތުގައި ނަގާ އަދަދު އިތުރުވެފައި ވަނީ ތެޔޮ ގަންނަން ލިބޭ އަގު ބޮޑު ވުމުންކަމަށެވެ.

ޓިކެޓު ގެ އަގު ބޮޑު ކޮށްފައެއް ނުވާނެ. ފިއުލް ސާޗާޖު ބޮޑުވީ. އެހެން އެކަން ދިމާވީ ތެޔޮ ގަންނަން ލިބޭ އަގު ބޮޑު ވުމުން.

~ މޯލްޑިވިއަންގެ އޮފިޝަލަކު

މޯލްޑިވިއަނުން ފިއުލްސާރޗާޖު ބޮޑުކޮށްފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިން، އެސްޓީއޯ އިން ވަނީ އެކުންފުނިން ވިއްކަމުންއައި ޕެޓްރޯލާއި ޑީސެލް ވިއްކާއަގު ކުޑަކޮށްފައެވެ.

މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމުން ދައްކާގޮތުން މިހާރު މާލެއިން ގަމަށް ޓިކެޓެއްގެ އަގަކީ 1،582ރ. އެވެ. މިއީ އެހެން ބުކިން ސިސްޓެމްތަކުން ދައްކާގޮތުން، ޔޫރަޕްގައި ނުވަތަ އިރުމަތީ އޭޝިއާގައި އެއްގައުމުން އަނެއްގައުމަށް ދަތުރުކުރާ އަގަށް ވުރެވެސް ބޮޑު އަގެކެވެ.

ވައިގެ ދަތުރުފަތުރަކީ ދިވެހިން ދިރިއުޅުމުގައި ޒަރޫރީބައެއްގެ ގޮތުގައި ދެކޭއެއްޗެކެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުން އަންނަ މިދަނޑިވަޅުގައި، ޓިކެޓްގެ އަގަށް މިގެނައި ބަދަލާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑްއެހާބޮޑު އިރު އަގުތައް ތިރިނުކުރެވެނީ ކީއްވެތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ޓެގްސް: މޯލްޑިވިއަން ވައިގެ ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.