އެމެރިކާގައި ޕެންޑެމިކްގެ ކުރިން ޢާއްމުގޮތެއްގައި މީހެއްގެ ޢުމުރުހުރީ 79 އަހަރުގައެވެ. ނަމަވެސް އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެޢަދަދު ހުރީ 76.1 ގައެވެ. އެއީ 1996 ގައި އެޤައުމުގައި ޢާއްމުގޮތެއްގައި މީހެއްގެ ޢުމުރުހުރިވަރެވެ.
ކުއްލިއަކަށް މިފަދަ ބޮޑު ބަދަލެއް އަންނަންޖެހުމުގެ މައިގަނޑު ސަބަބެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނަނީ، 2019 އިން ފެށިގެން މުޅިދުނިޔޭގައި ފެތުރެން ފެށި ކޯވިޑްގެ ބަލިމަޑުކަމެވެ. އެމެރިކާ އަކީ މިބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށްކުރި އެއް ޤައުމެވެ. ފާއިތުވެދިޔަ އަހަރު އެޤައުމުން މަރުވި މީހުންގެ ދެބައިކުޅައެއްބައި ޙިއްސާކުރަނީ ކޯވިޑެވެ.
ކޯވިޑްގެ އިތުރުން އެންމެ ގިނަ މީހުން އެޤައުމުން މަރުވެފައިވަނީ ހިތާއި މޭ، އަދި ފުރަމޭގެ ބަލިތަކުގައެވެ. މީއިރުތުން އަމިއްލައަށް މަރުވި މީހުންގެ ޢަދަދުވެސް ހުރީ މަތީގައެވެ.

އެމެރިކާ މިހާރު އޮތީ ތަރައްޤީވެފައިވާ ޤައުމުތަކުގެ، މީހުންގެ އެވްރެޖް ޢުމުރަށް ބަލާއިރު އެންމެ ފުލުގައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގައި އެންމެ ގިނަ ދުވަހު ދިރިއުޅެވެނީ ޖަޕާން އަދި ސިންގަޕޫރު މީހުންނަށެވެ. ޖަޕާނުގައި މީހެއްގެ އެވްރެޖް ޢުމުރަކީ 85 އަހަރެވެ.