ޖޫންމަހު 77 އަހަރު ވެވަޑައިގެންނެވި، އަންގ ސަން ސޫޗީ އަށް ހުކުމް އިއްވާފައިވަނީ ވޯޓަށް މަކަރުހެދުމާއި ގުޅިގެން

ހަބަރު

ބަރުމާގެ "ޑިމޮކްރެސީ ޗެމްޕިއަން" ސޫޗީ 3 އަހަރަށް ބުރަ މަސައްކަތް ކުރަންޖެހޭގޮތަށް ޖަލަށްލައިފި

އަލީ އަޒްޔަން - އޭޝިއާ | 3 ސެޕްޓެންބަރ 2022 , ހޮނިހިރު 10:00   248

ނޯބެލް ސުލްޙައިގެ އިނާމުވެސް ހޯއްދަވާފައިވާ، މިޔަންމާ (ބަރުމާ) ގެ ކުރި ވެރިޔާ، ވޯޓަށް މަކަރުހެދުމުގެ ކުށް ސާބިތުވެ ތިން އަހަރުދުހަށް ޖަލަށް ލައިފިއެވެ. ސިފައިންގެ ސަރުކާރެއް އޮތް ބަރުމާގައި 77 އަހަރުގެ ސޫޗީއަށް ހުކުމް އިއްވާފައިވަނީ ބުރަ މަސައްކަތް ވެސް ކުރާގޮތަށެވެ.

ސީއެންއެން ބުނާގޮތުން ހުކުރުދުވަހު އިއްވާފައިވާ މިހުކުމާއި އެކު މިހާރު ޖުމްލަ 20 އަހަރު ޖަލުގައި ހޭދަކުރަން ޖެހިވަޑައިގަންނަވާނެއެވެ. އެއީ ކުރިންކޮށްފައިވާ 6 އަހަރުގެ ހުކުމެއް، އ.ދ. އިންސާނީ ޙައްޤުތަކާއި ގުޅޭ މުސްތަޝާރު އެގައުމަށް ޒިޔާރަތްކޮށް ސޫޗީއާއި ބެހޭގޮތުން ވާހަކަދެއްކުމުން، އެ ހުކުމް 17 އަހަރަށް ހެދުމާއި ގުޅިގެންނެވެ.

ވޯޓަށް މަކަރުހެދުމުގެ ތުހުމަތާއިއެކު އެގައުމުގެ ސިފައިން ނިކުމެ ވެރިކަން ވައްޓާލީ 2020 އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބުގައި ބޮޑުތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޭގެ ތިން މަސް ފަހުންނެވެ.

ސޫޗީ އާއި އޭނާގެ ޕާޓީން އެތުހުމަތުތަކަށް ވަނީ އިންކާރުކޮށްފައެވެ.

ސޫޗީ މިހާރު ވަނީ ވެރިކަން ކުރާ ރަށް ނޭޕިޔިޓައު ގައި ހުންނަ ޖަލެއްގައި އެކަހެރިކޮށް ބަންދުކުރެވިފައެވެ.

ސޫޗީ އަކީ މިޔަންމާގައި ޑިމޮކްރެސީ އަށް މަސައްކަތްކޮށް މުޅި ދުނިޔެއަށް "ޑިމޮކްރެސީގެ ޗެމްޕިއަނެއް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭފުޅެކެވެ. ނަމަވެސް، ވެރިކަމުގައި، އިންސާނިއްޔަތާއި ޚިލާފު ގިނަ ޖަރީމާތަކެއް އެޤައުމުގެ މުސްލިމް ދަރިކޮޅެއް ކަމުގައިވާ "ރޮހިންޔާ" އާއި ދެކޮޅަށް ވަނީ ހިންގާފައެވެ. އަދި އެޙާދިސާ އާއި އެކު ގިނަ ފާޑުކިޔުތަކެއް އަމާޒުވެފައިވެއެވެ.

ޓެގްސް: މިޔަންމާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.