އެފްސީ.ސީ.އެސް.ސީ)ގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފްލާގެތެރެއިން

ހަބަރު

ސ. އެފްސީއެސްސީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 3 ސެޕްޓެންބަރ 2022 , ހޮނިހިރު 20:43   282

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން އައްޑޫސިޓީގައި ހިންގަމުން އަންނަ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު (އެފްސީ.ސީ.އެސް.ސީ)ގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

މިކަމަށްޓަކައި 3އެސް ލައުންޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ޚިދުމަތުގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ އަޒުވަންކޮށް އެކަމުގެ ހަނދާނީ ލިޔުންދީފައެވެ. އެގޮތުން ސޯޝަލް ސަރވިސް އޮފިސަރުންގެ ގޮތުގައި 15 އަހަރު ދުވަހު ޚިދުމަތްކޮށްފައިވާ އާސިޔަތު ޝާނިމާ އަލި ދީދީ، ފަސާހަތު ހުސެއިން އަދި އެޑްމިން އޮފިސަރގެ މަޤާމު އަދާކުރުމަށްފަހު އެސިސްޓަންޓް ކައުންސެލަރގެ ގޮތުގައި 15 އަހަރު ޚިދުމަތްކޮށްފައިވާ ނާޒްނާ ހަސަންއަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މީގެ އިތުރުން ސޯޝަލް ސަރވިސް އޮފިސަރުންގެ 13 އަހަރު ޚިދުމަތްކޮށްފައިވާ ރާހިޒް އަލީ އަދި އާއިޝަތު އަޒްފާއަށްވެސް މިރަސްމިއްޔާތުގައި ހަނދާނީ ލިޔުން ދީފައެވެ. އަދި ވޮޗަރުގެ މަޤާމު 15 އަހަރުވަންދެން ޚިދުމަތް ކޮށް، އަދިވެސް ޚިދުމަތުގައި ހުންނެވި އިބްރާހިމް ޝާކިރަށްވެސް ޚިދުމަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވާއިރު 14 އަހަރުގެ ޚިދުމަތަށްފަހު ރިޓަޔަރ ކުރައްވާފައިވާ އަލީ ރަޝީދުގެ އަޒުވަންކޮށް ހަނދާނީ ލިޔުންދީފައިވެއެވެ. މިރަސްމިއްޔާތުގައި އެސެންޓަރަށް 5 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށްވެސް ވަނީ އެކަމުގެ އަގުވަޒަންކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު (އެފްސީ.ސީ.އެސް.ސީ)ގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ރިޒްނާ ޒަރީރު ވިދާޅުވީ އެސެންޓަރުގައި މަދު މުވައްޒަފުންނަކީ ވަރަށް ބުރަކޮށް ހީވާގި ކަމާއި އެކު މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށާއި މިފަދަ ބުރަ މަސައްކަތެއް ރެޔާއި ދުވާކު ރައްޔިތުންގެ ހައްގުގައި ކުރުމަކީ އެބައެއްގެ މަސައްކަތުގެ އަގުވަޒަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އައްޑޫސިޓީ ފަދަ ބޮޑު އާބާދީއަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު މުވައްޒަފުން ބޭނުންވާކަން ފާހަގަކުރިއެވެ. އަދި މިރަސްމިއްޔާތުގައި އެފްސީއެސްސީއަށް ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށާއި މިވަގުތު މަސައްކަތުގައި ތިއްބެވި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި މިރަސްމިއްޔާތު ކުލަގަދަ ގޮތަކަށް ފާހަގަކުރުމަށް އައްޑޫސިޓީގެ ވިޔަފާރިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެކަމަށްވެސް ރިޒްނާ ވަނީ ޝުކުރުއަދާކޮށްފައެވެ. އެގޮތުން 3އެސް އިން ވަނީ މުވައްޒަފުންނަށް ޑިނަރއެއް ދެއްވާފައެވެ. މީގެ އިތުރުން ބީއެޗްއެމް، ހެޕީ މާރކެޓް، ބީއޭޕީސީ މާރޓް، އީ-ހަބް، އުރީދޫ، ދިރާގު، އައިސީއެމް، ސަރުސަނާ-3 އަދި މަލްޓި ސްޓޯރުން ވަނީ ހަދިޔާތައް ސްޕޮންސަރކޮށްދެއްވާއެވެ.

އެފްސީއެސްސީގެ ޚިދުމަތް އައްޑޫސިޓީގައި ފެށުނީ އިމާރާތެއް ކުއްޔަށް ހިފައިގެން ޖޫން 2006ގައެވެ. ނަމަވެސް ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ ދަށުން ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ އޮގަސްޓް 30، 2007ގައެވެ.

މިލިޔުމާއި ގުޅޭ: ފޮޓޯތައް

ޓެގްސް: އިޖްތިމާޢީ ރައްކާތެރިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.