މިރޭ އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީ ވެސްޓްހެމް އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-1 އިން ޗެލްސީ މޮޅުވެގެންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު، މިމެޗުގެ ފުރަތަމަ ހާފުގައި ވެސްޓްހެމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ވަރުގަދަ ކުޅުމެއްދައްކާ ޗެލްސީ ހާސްކުރުވި ނަމަވެސް ދެޓީމުންކުރެ ޓީމަކަށް ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައިނުވެއެވެ.
މިމެޗުގައި ފުރަތަމަ ގޯލު ޖެހީ 62 ވަނަ މިނެޓުގައި ވެސްޓްހެމްގެ ކުރިއަށް ކުޅޭ މިކޭލް އެންޓޯނިއޯއެވެ. ނަމަވެސް އޭގެ ސާދަ މިނެޓްފަހުން , ޓިއާގޯ ސިލްވާގެ އެހީތެރިކަމާއި އެކު އިނގިރޭސި ކުޅުންތެރިޔާ ބެން ޗިލްވެލް ޗެލްސީއަށް ގޯލެއް ޖަހައިދީ ނަތީޖާ އެއްވަރުކޮށްދިނެވެ.
މެޗުގެ ފުރިހަމަ ވަގުތު ޖެހެން 2 މިނެޓަށް ވެފައިވަނިކޮށް، މިފަހަރު ބެން ޗިލްވެލް އެސިސްޓްކޮށްދީގެން، ޖަރުމަނު ކުޅުންތެރިޔާ ކައި ހަވާރޓްޒް އިތުރު ގޯލެއް ޗެލްސީ އަށް ޖަހައި ދިނެވެ. އެހެންކަމުން މިމެޗު ނިމުނީ 2-1 ގެ ނަތީޖާއިން ޗެލްސީ މޮޅުވެގެންނެވެ.
މިމެޗުގައި ޗެލްސީގެ 4 ކުޅުންތެރިއަކަށް ރީނދޫ ކާޑުދެއްކިއިރު، ވެސްޓްހެމްގެ ދެ ކުޅުންތެރިއަކަށް ވެސް ރީނދޫކާޑު ދައްކާފައިވެއެވެ.
