ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި މީހުން މުދަލާއި ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރަނީ

ދުނިޔެ

ޕާކިސްތާން، 10 ބިލިއަން ޑޮލަރުގެ ގެއްލުންވެ، އިތުރު އެހީތެރިކަމަށް އެދިއްޖެ

އަލީ އަޒްޔަން - ދެކުނު އޭޝިޔާ | 4 ސެޕްޓެންބަރ 2022 , އާދީއްތަ 08:24   298

ޕާކިސްތާނުގައި ފެންބޮޑުވެ އެތައް ސަތޭކަ ބަޔަކު މަރުގެ 33 މިލިއަން މީހުން ޙާލުގައި ޖެހުމާއި ގުޅިގެން އެގައުމުން ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ އެހީތެރިކަމަށް އަނެއްކާވެސް އެދިއްޖެއެވެ.

މި ގައުމީ ކާރިސާގައި 1 މިލިއަނަށްވުރެ ގިނަ ގެދޮރު ހަލާކުވެފައިވެއެވެ. އެގައުމުގެ ސަރުކާރުން ދަނީ ވައިގެ މަގުން މިހާރުވެސް ގެއްލުން ލިބިފައިވާ ސަރަޙައްދުތަކަށް އެހީފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ.

މިފަދަ ކާރިސާއަކާއި އެގައުމަށް ކުރިމަތިލާންޖެހިފައިވަނީ ހުޅަނގު މޫސުމުގެ ވިއްސާރަގައި އާދަޔާއި ޚިލާފަށް ވިއްސާރަވުމުގެ ސަބަބުންނެވެ. އެގައުމުން ދަނީ މޫސުމަށް އަންނަ ބަދަލާއި ގުޅޭގޮތުން ކަންބޮޑުވާކަން ހާމަކޮށްފައިކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ. މިއަހަރުގެ ވިއްސާރު މޫސުމުގައި އެގައުމަށް އެހެން އަހަރުތަކާއި ބަލާއިރު ދެގުނަ އިތުރަށް ވާރޭ ވެހިފައިވެއެވެ.

މިކާރިސާއިން ލިބިފައިވާ ގެއްލުން ބަލާލުމަށް، އ.ދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ސެޕްޓެމްބަރު މަހުގެ 9 ވަނަދުވަހު ގެއްލުންލިބުނު ސަރަޙައްހައްދުތަކަށް ޒިޔާރަތްކުރާނެއެވެ.

އެމެރިކާއިން ޕާކިސްތާނަށް 30 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭނެކަމަށް ނިންމާފައިވާއިރު، ޙާލަތު ވަޒަންކުރުމަށް ޓީމެއް އެގައުމަށް ފޮނުވާނެއެވެ.

ޓެގްސް: ޕާކިސްތާން ފެންބޮޑުވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.