800 ކުދިންގެ ޖާގައި ސްކޫލް ނައިބްރައީސް އިފްތިތާޙްކޮށްދެއްވަނީ

ހަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހި، ފުރަތަމަ ސްކޫލް ހުޅުވައިފި

އަލީ އަޒްޔަން - ކ. މާލެ | 4 ސެޕްޓެންބަރ 2022 , އާދީއްތަ 09:23   267

ހުޅުމާލޭ ދެވަނަ ފޭހުގައި، 2021 ވަނަ އަހަރުގެ މާޗްމަހު، 'އެސްޖޭ ކޮންސްޓްރަކްޝަން' އާއި ޙަވާލުކޮށްގެން އެޗްޑީސީ އިން ޙަވާލުކުރި އަހުމަދު ކާމިލް ދީދީ ޕްރީސްކޫލްގެ މަސައްކަތް ނިމި މިއަދު ކިޔަވައިދިނުން ފަށައިފިއެވެ.

ޖުމްލަ 24 ކްލާސްރޫމްގައި، 824 ކުދިންނަށް މިސްކޫލުން ކިޔަވައިދޭނެއެވެ. ދެ ދަންފަޅިއަށް ބަހާލެވިގެން، އަދި މިސްކޫލްގައި އެލްކޭޖީއިން ފެށިގެން ގްރޭޑް ހަޔަކާއި ހަމަޔަށް ކިޔަވައިދޭނެއެވެ.

މި ޕްރޮޖެކްޓް 160 ދުވަސް ނިންމަން ޙަވާލުކުރިނަމަވެސް، އެކި ސަބަބުތަކާއި ހުރެ ދިރާސީ އާ އަހަރު ފެށުނުއިރު މިސްކޫލުގައި ކިޔަވައިދިނުން ފެށިފައިނުވެއެވެ. އެހެންވެ ކުރިން އެސްކޫލަށް ރަޖިސްޓްރީކުރި ދަރިވަރުން ވަނީ އެހެން ސްކޫލްތަކުން ޖާގަ ވެސް ދީފައެވެ.

އެގޮތުން މިސްކޫލްގެ ދަރިވަރުން، އެސްކޫލްގެ ޔުނިފޯމުގައި، ރެހެންދި ސްކޫލާއި، ހުރަވީ ސްކޫލް، އަދި ގާޒީ ސްކޫލަށް ދިޔައީ ދަމުންނެވެ.

މިސްކޫލް ބިނާކޮށްފައިވަނީ ހިޔާ ޓަވަރު 3އާއި 4ގެ ކުރިމަތީއޮތް ހުސް ބިމުގައެވެ.

ޓެގްސް: ތަޢްލީމް ހުޅުމާލެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.