ޒިމްބާބުވޭގައި ހިމަބަލި ފެތުރެނީ

ދުނިޔެ

ޒިމްބާބުވޭގައި ހިމަބަލި ހަލުވިކަމާއިއެކު ފެތުރެނީ

ދާނިޝް - އެފްރުކާ | 5 ސެޕްޓެންބަރ 2022 , ހޯމަ 10:36   228

ފާއިތުވި ހަފްތާ ތެރޭގައި އެފްރިކާގެ ގައުމެއް ކަމަށްވާ، ޒިމްބާބުވޭގައި ހިމަބަލި ހަލުވިކަމާއި އެކު ފެތުރި ބަލީގައި މަރުވި މީހުންގެ އަދަދު 685 އަށް ވުރެ ގިނަވެއްޖެއެވެ.

މި ބައްޔަކީ ގައިންގަޔަށް އަރައި ނުރައްކާތެރި ބައްޔަކަށް ވާއިރު އެ ގައުމުގައި މިހާތަނަށް މި ބަލީގެ 6.034 އަށް ވުރެ ގިނަ ކޭސްތައް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މީގެތެރެއިން 4،266 ކޭސްތަކަކީ އުމުރުން 6 މަހާއި 15 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ބަލި ޖެހިގން ރިޕޯޓްކޮށްފައިވާ ކޭސްތައްކަން ފާހަގަކޮށްލެވެއެވެ.

ގައުމުގެ މި ހާލަތު ކޮންޓްރޯޅް ކުރުމުގެ ގޮތުން ޒިމްބާބުވޭގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ވެކްސިން ޖެހުމުގެ ކެމްފޭނެއްވެސް ފަށައިފައެވެ. ނަމަވެސް މި ކެމްޕޭނަށް ބައެއް މީހުން އަންނަނީ ދެކޮޅުހަދަމުން ކަމަށާއި ނަތީޖާއެއްގެ ގޮތުން ބަލި ފެތުރެމުން އަންނަނީވެސް ވެކްސިނާއި ދެކޮޅު ހަދަމުންދާ މީހުންގެ ތެރޭގައި ކަމަށް އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.

ޓެގްސް: ސިއްޙަތު ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.