ޕީއެސްޖީއިން އިން ދިހަ ކުޅުންތެރިންނާއިއެކު ނަންޓޭސް ބަލިކޮށްލިއިރު މެސީގެ ޕާސްތަކުން ކައިލިއަން އެމްބާޕޭ ދެ ލަނޑުޖަހި

ކުޅިވަރު

ނަންޓޭސް އަތުން ޕީއެސްޖީ މޮޅުވެއްޖެ، މެޗުން މޮޅުވުމުގައި މެސީ އެމްބާޕޭއަށް ދެ ފަހަރެއްގެ މަތިން އެސިސްޓް ކުރި

ޒައިން ޠާލިބް - ދުނިޔެ | 7 ސެޕްޓެންބަރ 2022 , ބުދަ 07:24   236

ފަރަންސޭސި ލީގުގައި، 6 މެޗު ކުޅެ އެއްވެސް މެޗަކުން ބަލިނުވެ، ޕީއެސްޖީ ލީގު ތާވަލުގެ ކުރި ދަމަހައްޓައިފިއެވެ. ޕީއެސްޖީ އަކީ މިދިޔަ ސީޒަނުގެ ވެސް ޗެމްޕިއަނެވެ.

އެންމެފަހުން އެޓީމު ކުޅެފައިވަނީ ނަންޓޭސް އާއި ދެކޮޅަށެވެ. އެމެޗު ނިމުނީ 3-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެގެންނެވެ.

މެޗުގެ އެންމެ 24 މިނެޓް ފަހުން ވިޓީންހާ އަށް ޓެކްލެއް ކުރުމުން ހޯސްޓް ޓީމުން ވަނީ ފަބިއޯ އަށް ރަތްކާޑު ދައްކައިފަ އެވެ.

އެއަށްފަހު އެމްބާޕޭ ވަނީ މެސީ ދިން ޕާހަކުން ހަ ޔާޑު ދުރުން ގޯލުގެ ތެރެއަށް ވަދުވާފައެވެ.އަދި ފުރަތަމަ އޮފްސައިޑް އަށް ނުކުތުމަށްފަހު ވީއޭއާރުން ދިން ލަނޑެއްގެ އިތުރުން އޭގެ ފަހުން ނޫނޯ މެންޑޭސް ވަނީ ތިން ވަނަ ގޯލެއް ޖަހާފައެވެ.

އެމްބާޕޭ 2022 ވަނަ އަހަރު ލީގުގައި ޖެހި 26 ގޯލުގެ ތެރެއިން 1 ގޯލް ކާމިޔާބުކޮށްދީފައި ވަނީ މެސީ އެވެ. މިއީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން އެންމެ ގިނަ ގޯލުގެހި ޑުއޯ އެވެ.

ޓެގްސް: ފުޓުބޯޅަ ފްރާންސް ޕީއެސްޖީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.