އެލިޒަބެތް ލިޒް ޓްރަސް، މިއަދު ބޮޑުވަޒީރުކަމާއި ޙަވާލުވާނެ

ދުނިޔެ

ލިޒް ޓްރަސް، އިނގިރޭސި ތިންވަނަ އަންހެން ބޮޑުވަޒީރު

އަލީ އަޒްޔަން - ޔޫރަޕް | 6 ސެޕްޓެންބަރ 2022 , އަންގާރަ 11:05   518

އިނގިރޭސި ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ އެލިޒަބެތް ލިޒް ޓްރަސް (47އ) މިއަދު އެޤައުމުގެ އާ ބޮޑުވަޒީރުކަމާއި ޙަވާލުވާނެއެވެ. އެކަމަނާ ވެގެންދާނީ، އިނގިރޭސި ތާރީޚުގައި ވެރިކަމަށް ވަޑައިގެންނެވި ތިންވަނަ އަންހެން ބޭފުޅާއަށެވެ.

ބީބީސީ ބުނާގޮތުން، އޮކްސްފޯޑް ޔުނިވާސިޓީއިން ތަޢުލީމު ޙާޞިލްކުރައްވާފައިވާ، ލިޒް ޓްރަސް ވެރިކަމާއި ރަސްމީކޮށް ޙަވާލުވާނީ މިއަދުގެ ވަޤުތެއްގައެވެ. އަދި އޭގެ ކުރިން މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ޚިތޯބެއް ދެއްވުން އޮންނާނެއެވެ. އަދި މިއަދުގެ މެންދުރުފަހުގެ ވަޤުތެއްގައި ޓްރަސް ޤައުމާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާނެއެވެ.

ޓްރަސް އަށް ބޮޑުވަޒީރުކަން މިލިބުނީ އެގައުމުގެ ޤާނޫނުހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި، ކޮންސާވޭޓިވް ޕާޓީގެ ވާދަވެރި ކެންޑިޑޭޓް، ރިޝީ ސުނާކް އާއި ވާދަކޮށް 57 އިންސައްތަ ކުރި ހޯއްދަވައިގެންނެވެ.

ދުނިޔޭގެ 200 އާއި ގާތްކުރާ ގައުމުތަކުގެ ތެރެއިން އަންހެން ބޭފުޅަކު ވެރިކަންކުރައްވާފައިވަނީ އެންމެ 63 ޤައުމެއްގައެވެ. އިނގިރޭސިވިލާތުގައި އެންމެފުރަތަމަ އަންހެން ބޭފުޅަކު ވެރިކަން ކުރައްވާފައިވަނީ 1979 ވަނަ އަހަރު މާގަރެޓް ތެޗާރ އެވެ. އެކަމަނާ 1990 ވަނަ އަހަރާއި ހަމަޔަށް ވެރިކަމުގައި އުޅުއްވިއެވެ. އޭގެ ފަހުން 2016 އިން 2019 އަށް ޓެރެސާ މޭއި ވަނީ އަންހެން ކަނބަލެއްގެ ގޮތުގައި، ވެރިކަމާއި ޙަވާލުވެވަޑައިގެންފައެވެ.

ދެ އަންހެން ދަރިންގެ މަންމަ، ޓްރަސް ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރާނެކަމަށާއި، ދެމެހެއްޓެނިވިގޮތަކަށް ހަކަތަ ހޯދާނެގޮތް މަގުފަހިކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ޤާނޫނުހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި، މީގެ ކުރިން ޓްރަސް ވަނީ ނިއުކްލިއަރ ހަތިޔާރާއި ދެކޮޅަށް މަސައްކަތްކުރައްވާފައެވެ. އަދި 1994 ވަނަ އަހަރު އޮތް ޕާޓީގެ އެތެރޭގެ ބައްދަލުވުމެއްގައި، އިނގިރޭސި ވެރިކަމުގެ ނިޒާމު އުވާލުމަށް ތާޢީދުކޮށް ވާކަހަފުޅު ދައްކަވާފައިވެއެވެ. އަދި ޔޫރަޕްގެ އިއްތިހާދުން އެގައުމު ބޭރުވުމާއި ދެކޮޅު ހަދާފައިވެއެވެ.

ތިންވަނަ އަންހެން ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުން، ބައެއް ޤައުމުތަކުން މަރުހަބާ ދަންނަވަމުން ދާއިރު، ބައިނަލްއަގުވާމީ މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ، ހަގީގަތް އޮޅުވާލުމަށް އިނގިރޭސި ވިލާތުން މަސައްކަތްކުރާކަމަށެވެ. އަދި ރާނީ އަކީ ކާކުކަން ހަނދާނެ ނެތުނީތޯ އެއީ ވެސް ލީޑަރެއް ނޫންތޯ، ވަނީ ސުވާލު އުފައްދާފައެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.