އެމެރިކާގެ މަޝްހޫރު ސޯޝަލްމީޑިއާ ޕްލެޓްފޯމް, ޓްވިޓާ އެޕް

ޓެކްނޯލޮޖީ

ޓްވިޓާގައި އާކަމެއް ޓެސްޓް ކުރަން ފަށައިފި

ދާނިޝް - އެމެރިކާ | 7 ސެޕްޓެންބަރ 2022 , ބުދަ 09:50   307

ޓްވިޓާއަށް މިފަހަކަށް އައިސް ގިނަ ބަދަލު ތަކެއް އަންނަމުން ދާއިރު އެ އެޕުން އައު ފީޗާއެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިހާރު ޓްވިޓާއިން އަޖުމަ ބަލަމުން އަންނަ ފީޗާ އަކީ ޓްވީޓްކުރުމަށްފަހު އެއަށް އުނިއިތުރު ގެނެވޭ ފީޗާއެވެ. ޓްވީޓް އެޑިޓް ނުކުރެވޭ މައްސަލައަކީ ޒަމާނުއްސުރެ ޓްވިޓާ ބޭނުން ކުރައްވާ ފަރާތްތަކުގެ މެދުގައި ދެކެވެމުން އަންނަ ވާހަކައަކެވެ. ޓްވިޓާއިން މި ފީޗާ ތައާރަފް ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފަށައިފއި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މި ފީޗާގެ އަޖުމަ ބެލުމުގެ މަރުހަލައިގައި ޓްވިޓާއިން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ފީޗާ ފޯރުކޮށްދޭނެއެވެ.

ނަމަވެސް މި ފީޗާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ "ޓްވިޓާ ބްލޫ" ގެންގުޅޭ ފަރާތްތަކަށެވެ. ޓްވީޓާ ބްލޫ އަކީ އެ ކުންފުނީގެ ސަބްސްކްރިޕްޝަން ޕެކޭޖެކެވެ. މަހަކު ހަތަރު ޑޮލަރު ދައްކާ ޓްވިޓާ ބްލޫ ނެގުމުން ޓްވީޓްތައް އެޑިޓް ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ޓްވިޓާއިން އިތުރަށް މައުލޫމާތު ދޭގޮތުގައި ޓްވީޓް އެޑިޓް ކުރެވޭނީ ވަކި މިންވަރަކަށެވެ. އެއީ ޓްވީޓް ކުރާތާ 30 މިނެޓުގެ ތެރޭގައި 4 ފަހަރުއެވެ.

އެޑިޓް ޓްވީޓްގެ އިތުރުން ޓްވިޓާ ސާރކަލްގެ ނަމުގައި އެހެން ފީޗާއެއްވެސް ޓްވިޓާއިން ވަނީ އަޖުމަ ބަލަން ފަށައިފައެވެ. މި ފީޗާ މެދުވެރިކޮށް ހިޔާރުކުރާ 150 މީހުން ހިމެނޭ އޯޑިއެންސް އެއްގެ މެދުގައި ޓްވީޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.