އައްޑޫސިޓީ މީދޫ މަގެއްގައި ހަރުކޮށްފައިވާ ބޯޑެއް

ހަބަރު

އައްޑޫގައި ޚުޠުބާއަށް ބަދަލުގެނައި މައްސަލާގައި، ޚަޠީބަށް ފިޔަވަޅު އަޅާފައިވަނީ އައްޑޫ ޚުތުބާ ކޮމިޓީން

އަމާނީ - އައްޑޫ އަތޮޅު | 7 ސެޕްޓެންބަރ 2022 , ބުދަ 09:18   256

ސެޕްޓެމްބަރ 2 ވީ ހުކުރު ދުވަހު އައްޑޫސިޓީގައި އައްޑޫ ބަހުން ޚުތުބާ ކީ ޚަޠީބަށް ފިޔަވަޅު އެޅީ އައްޑޫ ޚުޠުބާ ކޮމިޓީން ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ. ޚުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެފައިވާތީ މި މައްސަލަ ބަލާ ނިމެންދެން މީދޫ މަޖްދުއްދީން މިސްކިތުގައި ހުކުރު ކުރެއްވި ޚަޠީބު މުޙައްމަދު ރަޝީދު ވަނީ ހުކުރު ނުކުރެވޭގޮތަށް ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލައިގާ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިނިސްޓްރީން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް އައްޑޫގައި ހުކުރު ޚުތުބާ ކީ މައްސަލައެއްގައި، އެމައްސަލަ ބަލާ ނިމެންދެން އެ ޚަޠީބަށް ހުކުރު ކުރަން ނުޖައްސަން ނިންމާފައި ކަމަށާއި ޚުޠުބާއަށް އުނި އިތުރު ގެނައުމަކީ މަނާ ކަމެއް ކަމަށެވެ.

އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމުގެ މައްސަލައަކަށް ވުރެ ބޮޑަށް، ހުތުބާ ކޮމެޓީން މި މައްސަލަ ބަލަނީ ހުތުބާ ކޮމެޓީން ފާސްފާއިވާ ހުތުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި. އެއީ މަނާ ކަމެއް, ފާސްކޮށްފައިވާ ހުކުރު ހުތުބާއެއްް އަމިއްލައަށް އުނި އިތުރު ގެންނައުން. އެކަމުން ނަތީޖާ ގޯސްވެދާނެ.

~ މިއުވާން، ރައީސް އޮފީހުގެ ތަރުޖަމާން

އެމައްސަލަ ބަލާ އައްޑޫ ޚުޠުބާ ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ބުދަ ދުވަހު ލިބޭނެ ކަމަށް މިއުވާން ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ހުރިހާ މިސްކިތަކަށް ހުކުރު ޚުޠުބާ ފޮނުވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން އަބަދުވެސް ޚުޠުބާ ފޮނުވަނީ ޢާންމު ދިވެހި ބަހުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ޚަތީބު ހުކުރު ޚުތުބާ ކިޔާފައިވަނީ އައްޑޫ ބަހުރުވައިންނެވެ

މި މައްސަލައިގާ އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މީދޫ މިސްކިތެއްގައި މުދިމަކު ޚުޠުބާ ކިޔުމުގެ އުސޫލާ ހިލާފުވެފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި ހުކުރު ކުރުމުން އެ މުދިމު ސަސްޕެންޑް ކޮށްފައިވާކަމަށެވެ.

ޓެގްސް: އިސްލާމްދީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.