ސްރީލަންކާގައި މިހާރު ކުރިއަށްދަމުން އަންނަ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
މި މެޗުން ސްރީލަންކާ މޮޅުވެފައިވަނީ 5-0 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. ކޮލޮމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކުރުމާއި އެކު ގިނަ ހަމަލާތައް އުފައްދާފައި ވަނީ ބަންގްލަދޭޝްއިންނެވެ. ބަންގްލަދޭޝްއިން މެޗުގެ 4ވަނަ މިނިޓުގައި މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަޒްމުލް ފައިސަލެވެ. މި ލަނޑާއި އެކު ދިވެހި ކުޅުންތެރިންނަށް ބަންގްލަދޭޝްގެ ޓީމުން ދިޔައީ ހުއްޓުމެއްނެތި ޕްރެޝަރު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކުޅުންތެރިންނަށް ކައުންޓާއެޓޭކެއް ކުރުމަށްވެސް ލިބިގެން ދިޔައީ ވަރަށް މަދު އެހާމެ ހަނި ފުރުސަތު ތަކެކެވެ.

ބަންގްލަދޭޝްއިން އެ ޓީމުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅައު ކުރީ މެޗުގެ 36ވަނަ މިނިޓުގައެވެ. އެއީ މުރުޝިދު އަލީ އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑަށް ފަހުވެސް ފުރަތަމަ ހާފުގައި ރާއްޖޭގެ ގޯލަށް ބަންގްލަދޭޝްއިން ދިޔައީ ނުރައްކާ ކުރަމުންނެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި މިރުޖުލް އިސްލާމް އަކީ ދެވަނަ ހާފުގައި ބަންގްލަދޭޝް އިން ކާމިޔާބުކުރި ތިން ލަނޑުވެސް ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ އިތުރު ދެލަނޑާއިއެކު ހެޓްރިކް ހަދާފައެވެ.
މި މެޗުން މި ލިބުނު ކާމިޔާބީ އާއި އެކު ބަންގްލަދޭޝްއިން މިހާރު އޮތީ މުބާރާތުގެ ތާވަލުގެ އެއްވަނައިގައެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މުބާރާތް ބާއްވާ ސްރީލަންކާ 5-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
މިމެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައިނުވެއެވެ. ބަންގްލާދޭޝް އިން 11 ކޯނަރު ނެގިއިރު ރާއްޖެއަށް ނެގުނީ އެންމެ ކޯނަރެކެވެ. ބަންގްލަދޭޝް ގެ ކީޕަރު މަތަ ކުރަންޖެހުނީ އެންމެ ބޯޅައެކެވެ. ނަމަވެސް ދިވެހި ގޯލް ކީޕަރު އަބްދުއްﷲ ރަފީފް މުހައްމަދު އަށް 8 ބޯޅަ އަމިއްލައަށް މަތަކުރަން ޖެހުނެވެ. އޭނާ އަކީ ޓީމްގެ ކެޕްޓަން ވެސް މެއެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ ބަންގްލަދޭޝް އިންނެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 9 ސެޕްޓެމްބަރ ވާ ހުކުރު ދުވަހުގައެވެ.
މެޗުގެ ވީޑިއޯ ރިކޯޑިންގ
މިލިޔުމާއި ގުޅޭ:
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2022: ފުރަތަމަ މެޗުން ރާއްޖެ ބަލިކޮށް ނޭޕާލުން ކުރި ހޯދައިފި