ޕްރިންސް ޗާލްސް އާއި ކުއީން އެލިޒަބަތު

ހަބަރު

އިނގިރޭސި ރަސްކަމަށް ޗާލްސް ވަޑައިގެންފި

އަމާނީ - ޔޫރަޕް | 9 ސެޕްޓެންބަރ 2022 , ހުކުރު 03:47   260

ރާނީ އެލިޒަބަތު އަވަހާރަވިކަން މިރޭ ބަކިންހަމް ޕެލަސް އިން އިޢުލާން ކުރެއްވުމާއެކު އިނގިރޭސި ވިލާތުގެ ތަޚުތަށް ކިންގް ޗާލްސް ވަޑައިގެންފިއެވެ. ކިންގް ޗާލްސްގެ ފުރަތަމަ ބަޔާން ޝާހީ އާއިލާއިން މިހާރުވަނީ ޢާންމުކޮށްފައެވެ.

އެބަޔާނުގައި ލޮބުވެތި މަންމާފުޅުގެ އަވަހާރަވުމަކީ އެމަނިކުފާނާއި ޢާއިލާގެ ހުރިހާ މެންބަރުންނަށް ލިބިވަޑައިގެންނެވި ފުން ހިތާމައެއް ކަމަށް ވިދާޅުވެފައިވެއެވެ.

" އެއީ ލޯބިވާ މަންމައެއް. ލޯބިވާ ވެރިއެއް. އެކަމަނާގެ ވަކިވެ ދިއުމަކީ މުޅި ޤައުމަށާއި ކޮމަންވެލްތުގެ އިތުރުން ދުނިޔޭގެ އެތައް ޤައުމަކަށް ލިބިގެންދާ އުނިކަމެއް ކަމަށް ޤަބޫލު ކުރަން. "

ކިންގް ޗާލްސް ގެ ސްޓޭޓްމެންޓްގައި އެމަނިކުފާނު ވަނީ ރާނީއަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުން ދެއްވާ އިޙުތިރާމާއި ލޯތްބަކީ އެމަނިކުފާނުގެ ޢާއިލާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހެވެއްކަމުގައި ވިދާޅުވެފައެވެ.

ރާނީ އަވަހާރިވެފައިވާކަން ބަކިންގްހަމް ޕެލަސް އިން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އިޢުލާނުކޮށްފައެވެ. އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު ދެރަވެ، ފަރުވާދެމުންދަނިކޮށެވެ.

އިނގިރޭސި ރަސްކަމަށް ޗާލްސް ވަޑައިގެންނެވި އިރު އެމަނިކުފާނުގެ އުމުރުފުޅަކީ 73 އަހަރެވެ. މިހާރު އިނގިރޭސިވިލާތުގެ އާ ވަލީއަހުދަކީ ޗާލްސްގެ ދޮށީ ދަރިކަލުން، 40 އަހަރުގެ ވިލިއަމް އެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.