ތުރުކީގައި ބަނދަރުކޮށްފައިވާ ޔޫކްރެއިންގެ ބޯޓުފަހަރުތަކެއް

ދުނިޔެ

"ގޮވާމުގެ ޑީލް" ކުރިއަށް ދަނީ އެއްބަސްވުމާއި ޚިލާފަށް - ޕުޓިން

ދާނިޝް - ޔޫރަޕް | 10 ސެޕްޓެންބަރ 2022 , ހޮނިހިރު 17:13   197

ޔޫކްރެއިނާއި ރަޝިއާ ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އެ ގައުމުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް އ.ދ އާއި ތުރުކީ ހެކިކޮށް މިދިޔަ ގުލައި މަހުގެ ތެރޭގައި ޔޫކްރެއިނާއި ރަޝިއާއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން އީސްޓާން އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ރަޝިއާގެ ރައީސް ވިދާޅުވީ ގޮވާން ޑީލް ކުރިއަށް ދަނީ އެއްބަސްވުމާއި އެއްގޮތަށް ނޫންކަމަށެވެ.

ޕުޓިން ވިދާޅުވި ގޮތުގައި މިހާތަނަށް ޔޫކްރެއިންގެ 87 ބޯޓެއް ގޮވާން ބަރުކޮށްގެން ފުރާފައިވާއިރު އޭގެތެރެއިން 32 ބޯޓު އަދިވެސް ވަނީ ތުރުކީގައެވެ. އަދި ތުރުކީ މެދުވެރިކޮށް ގޮވާން އެކްސްޕޯޓްކުރުން އެއީ މައްސަލައެއް ކަމަށާއި އަދި ތުރުކީގައި ބަނދަރު ކުރުމަށްފަހު ޔޫރަޕްގެ އެހެން ގައުމު ތަކުގައި ބޯޓުތައް ބަނދަރު ކުރުމަކީ އަނެއް މައްސަލަކަމުގައެވެ. އެގޮތުން ތުރުކީއިން ފުރި ބޯޓު ތަކުގެ ތެރެއިން 30 ބޯޓެއް ޔޫރަޕްގެ ގައުމުތަކުގައި ބަނދަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕުޓިން ވިދާޅުވިއެވެ. އޭގެތެރެއިން މިސްރަށް ހަތް ބޯޓު، އިޒްރޭލަށް ތިން ބޯޓު، ސައުތު އެފްރިކާއަށް ތިން ބޯޓު އަދި ޔަމަނަށާއި ޖިބޫތީއަށް ދިޔައީ އެންމެ ދެ ބޯޓު ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕުޓިން އިތުރަށް ވިދާޅުވީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފައުޅުކުރައްވާފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ގޮވާމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ޖިބޫތީއާއި ޔަމަނަށެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދެ ގައުމަށް މިހާތަނަށް ލިބިފައިވަނީ އެކްސްޕޯޓްކުރި ގޮވާމުގެ 3 އިންސައްތައެވެ.

ޕުޓިން ވިދާޅުވީ މިކަމާއި ގުޅޭގޮތުން އ.ދ އަށް މައްސަލަ ހުށަހަޅައިނެ ކަމަށާއި ގޮވާން ޑީލްގެ ދަށުން އެންމެ ފުރަތަމަ ގޮވާން ސަޕްލައިކުރަން ވާނީ ފަގީރު އަދި ގޮވާމަށް ބޭނުންޖެހިފައިވާ ގައުމުތަކަށް ކަމަށް ޔޫކްރެއިނަށް އިލްތިޒާމް ކުރައްވާ ކަމުގައެވެ.

ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ވެފައުވާ ގޮވާން ޑީލުގެ ދަށުން ޔޫކްރެއިނުން ގޮވާން ބޭރުކުރުމަށް އެއްބަސްވެފައިވަނީ ގޮވާމަށް އެންމެ ބޭނުން ޖެހިފައިވާ ގައުމުތަކަށެވެ. މީގެތެރޭގައި އދ. ގެ ކާނާއާ ބެހޭ ޕްރޮގްރާމްގެ ދަށުން ކާބޯތަކެތި ފޯރުކޮށްދޭ ގައުމުތަށް ވެސް ލިސްޓްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޓެގްސް: ޔޫކްރެއިން ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.