އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

ހަބަރު

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވަނީ

ދާނިޝް - އައްޑޫ އަތޮޅު | 10 ސެޕްޓެންބަރ 2022 , ހޮނިހިރު 12:35   183

މިދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވަމުން އަންނަ ކަމަށާއި، ބަލި ތަކުން ރައްކާތެރި ވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމީ ވިއްސާރައިގެ ދުވަސްވަރަކީ ރާއްޖޭގައި އަބަދުވެސް ހުމާއި ރޯގާ ފެތުރުން އިތުރުވާ ދުވަސްވަރެކެވެ. މިއީ މޫސުމަށްއަންނަ ބަދަލުތަކާއެކު ހަށިގަނޑަށް ބަދަލުތަކެއް އައުމުން ދިމާވާ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ. ހަމައެހެންމެ މިދުވަސްވަރު މަދިރި އާލާވާފަދަ ތަންތަން އިތުރުވެ މަދިރީގެ ޒަރިއްޔާއިން ޖެހޭ މިފަދަ ބަލިތައްވެސް އިތުރުވުމަށް މަގުފަހި ކުރުވައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި ޑެންގީހުން ޖެހިގެން ރިޕޯޓުކުރި މީހުންނަށްވުރެ މިއަހަރުގެ މިދުވަސްވަރު ޑެންގީ ޖެހިގެން ރިޕޯޓުކުރަމުންދާ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. ހަމައެހެންމެ ޑެންގީ ހުމުގައި ހާލުދެރަވަމުންދާ މީހުންގެ ނިސްބަތް މިހާރު އިތުރުކަމަށް ޑޮކްޓަރުންވެސް ދަނީ ބުނަމުންނެވެ.

ޑެންގީގެ އިތުރުން މިދުވަސްވަރޫ ރާއްޖޭގެ ހުރިހާ ހިސާބެއް ހިމެނޭހެން އަރިދަފުސް ރޯގާ ޖެހިގެން އެތައް ސަކޭތަ ބަޔަކު ޑޮކްޓަރަށް ދައްކާފައިވާއިރު އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު އެއަށްވުރެ މަތިކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއްވައެވެ. އެގޮތުން ޖުލައި މަހު ބައްޔަށް ޓެސްޓުކުރި 54 މީހުންގެ ތެރެއިން 10 މީހަކު އެމަހުވަނީ ޕޮޒިޓިވްވެފައެވެ. އޯގަސްޓް މަހު ޓެސްޓުކުރި 111 މީހުންގެތެރެއިން 47 މީހަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޖުމުލަ 77 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

ޓެގްސް: ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.