އައްޑޫ ސިޓީގައި ހޮނިހިރު ދުވަހުގެރޭ ނިންމާލި، 17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ހިތަދޫ ސްކޫލުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.
ހިތަދޫ ސްކޫލުން ވަނީ 3 ޓީމް އިވެންޓުން ޗެމްޕިއަންކަން ހޯދާފައެވެ. އެއީ:
- ގްރޭޑް 5 & 6 ފިރިހެން
- ގްރޭޑް 7 & 8 ފިރިހެން
- ގްރޭޑް 9 & 10 އަންހެން
މީގެ އިތުރުން ވެސް، އެ ސްކޫލުން ވަނީ އަންހެން ގްރޭޑް 7 & 8 ޓީމު އިވެންޓުން ރަނަރއަޕްކަން، އަދި އަންހެން ގްރޭޑް 5 & 6 ޓީމް އިވެންޓުންނާއި، ފިރިހެން ގްރޭޑް 9 & 10 އިވެންޓުން ތިންވަނަ ހޯދާފައެވެ.
ޓީމް އިވެންޓްތަކުގެ ތެރެއިން ފޭދޫ ސްކޫލުން ވަނީ ގްރޭޑް 5 & 6 އަންހެން ޓީމް އިވެންޓުން ޗެމްޕިއަންކަން ހޯދާފައެވެ. އަދި ޝަރަފުއްދީން ސްކޫލުން ވަނީ ގްރޭޑް 7 & 8 ގެ ޓީމް އިވެންޓުން ޗެމްޕިއަންކަން ހޯދާފައެވެ. ގްރޭޑް 9 & 10 ގެ ޓިމް އިވެންޓުން ޗެމްޕިއަންކަން ހޯދީވެސް ޝަރަފުއްދީނެވެ.
މިމުބާރާތަކީ ދެކުނުގެ އަތޮޅުތަކަށް ޚާއްޞަކުރެވިގެން ބޭއްވުނު މުބާރާތެއް ނަމަވެސް، ފުވައްމުލައް ސިޓީ އަދި، ގއ. އަތޮޅު، އަދި ލާމު އަތޮޅުގެ ސްކޫލްތަކުން ބައިވެރިވެފައިނުވެއެވެ.
މުބާރާތުގައި ބައިވެރިވި ސްކޫލްތައް:
- ހިތަދޫ ސްކޫލް، އައްޑޫ ސިޓީ
- ފޭދޫ ސްކޫލް، އައްޑޫ ސިޓީ
- ޝަރަފުއްދީން ސްކޫލް، އައްޑޫ ސިޓީ
- ނޫރާނީ ސްކޫލް، އައްޑޫ ސިޓީ
- ބިލަބޮންގ ހައި، އައްޑޫ ސިޓީ
- ހިރާ ސްކޫލް، އައްޑޫ ސިޓީ
- އައްޑޫ ހައި ސްކޫޅް، އައްޑޫ ސިޓީ
- ގދ. އަތޮޅު މަދުރަސާ، ގދ. އަތޮޅު
މުބާރާތުގެ ކުޅުމުގެ ތެރެއިން:
ޓީމް އިވެންޓްތައް ނިމުނުގޮތް:

ފޮޓޯ:
