ނެޓްފިލްކްސް ގެ ބައެއް ކޮންޓެންޓް ތަކާއި މެދު ސައުދީ ސަރުކާރުން ހިތްހަމަނުޖެހިފައި

މުނިފޫހިފިލުވުން

ސައުދީ ސަރުކާރުގެ ފާޑުކިޔުންތައް ނެޓްފިލްކްސްއަށް އަމާޒުވެއްޖެ

ދާނިޝް - މެދުއިރުމަތި | 12 ސެޕްޓެންބަރ 2022 , ހޯމަ 11:42   392

މިހާރު ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިންގް ޕްލެޓްފޯމްގެ ގޮތުގައި ގާއިމުވެފައިވާ ނެޓްފިލްކް އާއި އަމާޒުކޮށް ސައުދީ ސަރުކާރުން ފާޑުކިޔައިފިއެވެ.

މިފަހަކަށް އައިސް ނެޓްފްލިކްސް އިން އިސްލާމް ދީނާ ފުށުއަރައި ދީނާއި ބީރައްޓެހި އާދަތައް ދައްކާ ފިލްމުތަކާއި ޝޯތައް ގިނަވަމުން އަންނަ ކަން ސައުދީ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއި އެކު ނެޓްފިލްކްސްގެ ބައެއް ކޮންޓެންޓްތައް އެއްވެސް ހާލެއްގައި ބެލުމަށް އެކަށީގެން ނުވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ސީރީސްތައްވެސް ހިމެނޭކަން ސައުދީ ސަރުކާރުން ބުނެއެވެ.

ބައިނަލްއަގުވާމީ ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި ނެޓްފިލްކްގެ ބައެއް އުފެއްދުންތަކުގައި މިފަހަކަށް އައިސް އިސްލާމީ ދީނަށް ހަޖޫ ޖަހައި، ދީނާއި ހިލާފު އެތަކެއް ޕްރޮޕަގެންޑާތައް ހުންނަނީ އެކުލަވައިލާފައެވެ. ހާއްސަކޮށް ކުޑަކުދިންގެ ޝޯތައް މިފަދަ ގޮތަކަށް ބައްޓަން ކުރަމުން އަންނަ ކަމުގެ ތުހުމަތު ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

މިވާހަކަތަކާއި އެކު ސައުދީ ސަރުކާރުން ވަނީ ނެޓްފިލްކްއިން އިސްލާމް ދީނާއި ފުށުއަރާ އެންމެހައި ކޮންޓެންޓެއް ނެގުމަށް ގޮވާލާފައެވެ. މިކަމާ ގުޅިގެން އަދި މިހާތަނަށް ނެޓްފްލިކްސް އިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޓެގްސް: މެދުއިރުމަތި ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.