އިންޑިއާއިން ގޯލެއް ޖެހުމަށްފަހު ކާމިޔާބީ ފާހަގަކުރަނީ

ހަބަރު

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް، 9-0ގެ ފަރަގުބޮޮޑު ނަތީޖާއިން އިންޑިއާ ރާއްޖެ މައްޗަށް ކުރިހޯދައިފި

ދާނިޝް - އައްޑޫ އަތޮޅު | 12 ސެޕްޓެންބަރ 2022 , ހޯމަ 08:45   314

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް 2022ގައި އިންޑިއާ އާއި ބައްދަލު ކުރި މެޗް ފަރަގު ބޮޑު ނަތީޖާއަކުން ބަލިވެ މުބާރާތުގައި އިތުރަށް ކުރިއަށް ނުދެވޭނެކަން ކަށަވަރު ވެއްޖެއެވެ.

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް 2022 ގައި އަވަށްޓެރި އިންޑިއާ އިން ރާއްޖެ ކޮޅަށް ވަނީ 9 ލަނޑު ކާމިޔާބުކޮށްފައެވެ. މިމެޗުގައި ރާއްޖޭގެ އަންހެން ޓީމަށް ގޯލެއް ޖެހޭވަރެއް ނުވިއެވެ.

މި މެޗް މުޅިންހެން ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް އިންޑިއާގެ ޓީމުން ދައްކާފައިވާ އިރު އެ ޓީމުން މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ އަންޖޫ ތަމަންއެވެ. އެއީ މެޗުގެ 24 ވަނަ މިނިޓުގައެވެ. އެއަށްފަހު އިންޑިއާގެ ދެވަނަ ލަނޑު ޓީމަށް ކާމިޔާބުކޮށްދިނި މެޗުގެ 42 ވަނަ މިނިޓުގައި ޕްރިޔަންކާ ނައޮރެމްއެވެ. އަދި ފުރަތަމަ ހާފު ނިމިގެން ކުޅުނު އިތުރު ވަގުތުގެ ކުޅުމުގައި އަންޖޫވަނީ އިންޑިއާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފް ފެށިގެން ރާއްޖޭގެ ކުޅުންތެރިން ވަރަށް ބޮޑު ހާސަކަމައްގެ ތެރޭގައި ކުޅެމުން ދިޔަކަން ވަރަށް ބޮޑަށް ފާހަގަވެއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ދެވަނަ ހާފުގެ ކޮންޓްރޯލްވެސް އިންޑިއާއިން ނެގުމެވެ. އަދި ސޮމްޔޯ ގުގްލޯތާއި ޑަގްމޭ ގްރޭސް ވަނީ މިހާފުގައި ޓީމަށް އިތުރު 6 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗްގައި ރާއްޖެއަށް އެންމެ ލަނޑެއްވެސް ކާމިޔާބު ވެފައި ނުވާއިރު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު ބަލިވީ ބަންގްލަދޭޝް އަތުން 0-3 ގެ ނަތީޖާއަކުންނެވެ.

ދިވެހި ޓީމްގެ ގޯލް ކީޕަރަކީ އާމިނަތު ލީޒާ އެވެ. ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިންނަނީ، އައިޝަތު ރަވީން، ޝަހުލާ ތައުފީގު، މަރިޔަމް ނޫރާ، ހައްވާ ހަނީފާ، ޝަފާ ޝިއުތު، ރާނިޔާ އިބްރާހިމް، މައީޝާ ހައްނާނު، ފާތިމަތު އާދަމް، ފާތިމަތު ތީބާ، އަދި ފާތިމަތު ސައިނާއެވެ.

މުބާރާތުން ރާޢްޖެ ކެޓި ނަމަވެސް، ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ޕާކިސްތާނާއެވެ ބައްދަލުކުރާނެއެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ޕާކިސްތާން، ބޫޓާން، ބަންގްލަދޭޝް އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލެވެ.

ޓެގްސް: އަންހެނުންގެ ފުޓުބޯޅަ އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.