ރަޝިއާއިން ދިން ޙަމަލާއެއްގެ މަންޒަރު، ޚާރކިވްއިން އެއްކޮށް ވަނީ ކަރަންޓް ކާނޑާލާފައި.

ހަބަރު

ރަޝިޔާއިން ދިން ހަމަލާތަކާއިއެކު ޔޫކްރޭންގެ ޚާރކިވްއިން ކަރަންޓް ކެނޑާލައިފި

ޒަހީން ޠާލިބް - ދުނިޔެ | 13 ސެޕްޓެންބަރ 2022 , އަންގާރަ 08:43   309

ރަޝިޔާގެ އަމާޒަކީ ޔޫކްރޭންގެ ކައުންޓަރ އޮފެންސިވްގެ ބަދަލު ހިފުމުގެ ގޮތުން ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ކަރަންޓް ކަނޑާލުމަށް އަމާޒުކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ، ރަޝިއާއިން ބޭނުންވަނީ، ޔޫކްރޭންގެ ރައްޔުތުން އަލިކަމާއި ހޫނުން މަހުރޫމް ކުރުން ކަމަށެވެ.

ހާރކިވް ގެ މޭޔަރު އިހޯރ ޓެރެޚޯވް ވިދާޅުވިގޮތުން ރަޝިޔާއިން ދިން ހަމަލާތަކުގެ ސަބަބުން ގައުމުގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުން ލިބި ހޮނިހިރު ދުވަހުގެ ހަވީރު އެ ސިޓީގެ ބޮޑު ބައެއްގައި ކަރަންޓާއި ފެން ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ޔޫކްރޭން ސިފައިންގެ ފަހުގެ ކާމިޔާބީތަކުގެ ބަދަލު ހިފުމަށް ކުރި ނުރައްކާތެރި މަސައްކަތެއް ކަމަށެވެ.

އަވަށްޓެރި ސުމީ ސަރަހައްދުގެ ގަވަރުނަރު ވިދާޅުވީ އެއް ޑިސްޓްރިކްޓެއްގައި އެކަނި 130 އަށް ވުރެ ގިނަ އާބާދީގައި ކަރަންޓް ނެތް ކަމަށެވެ.

ޑްނިޕްރޮޕެޓްރޯވްސްކް އަދި ޕޮލްޓާވާ ސަރަހައްދުތަކުން ވެސް މިފަދަ މައްސަލަތައް ރިޕޯޓްކޮށްފައިވެ އެވެ.

ޓެރެޚޯވް އާއި އެ ސަރަހައްދުގެ ގަވަރުނަރު މަސައްކަތް ކުރަމުން އެދަނީ ގައުމުގެ ރއްޔިތުން ހަމައަކަށް އެޅުވުމަށްކަމަށެވެ. އަދި ވިދާޅުވީ ކުއްލި ހާލަތުގެ ހިދުމަތްތަކުން ގެއްލުންތައް މަރާމާތުކޮށް އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.