މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އެއާރބަސް 321 އޭ

ހަބަރު

މޯލްޑިވިއަންގެ ފްލީޓަށް އައު ބޯޓެއް

ދާނިޝް - ދިވެހި ރާއްޖެ | 12 ސެޕްޓެންބަރ 2022 , ހޯމަ 19:31   289

ދިވެހިރާއްޖޭގެ ގައުމީ އެއާލައިންސް މޯލްޑިވިއަންގެ ފްލީޓްގައި މިހާރު އޮތް ބޮޑު ބޯޓު ދޫކޮށްލައި އައު ބޯޓެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިކަން ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިހާރު އޮތް އެންމެ ބޮޑު ބޯޓަކީ އެއަރބަސް-އޭ321 ގެ ބޯޓެކެވެ. މިއީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި މޯލްޑިވިއަންއިން ކުއްޔަށް ނެގި މަތިންދާބޯޓެކެވެ. މި ބޯޓުގެ ކުލީގެ މުއްދަތު ހަމަވާން ކައިރިވެފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ. ހަމައެއާއި އެކު އެ ބޯޓުން ދަތުރުތައް މިހާރު 8 އަހަރާއި 2 މަސްދުވަހު މޯލްޑިވިއަން އިން ވަނީ ކޮށްފައެވެ.

މޯލްޑިވިއަން އިން މިހާރު އަމާޒު ހިފާފައި ވަނީ ދިގު ދަތުރުތަކަށް ބޭނުންކުރެވޭ ފެންވަރުގެ ބޯޓަކަށެވެ. މިވަގުތު ފްލީޓްގައި އޮތް ބޯޓަކީ އެފަދަ ދަތުރު ތަކަށް ބޭނުންކުރެވޭ ބޯޓަކަށް ނުވާއިރު ދުވަސްވުމުގެ ސަބަބުން ބޯޓުގެ މެއިންޓެނެންސްއަށްވެސް ބޮޑު ހަރަދެއް ކުރަންޖެހޭކަން މޯލްޑިވިއަން އިން ފާހަގަކުރެއެވެ.

މޯލްޑިވިއަންއިން މިވަގުތު ބައިނަލްއަގްވާމީ ދަތުރުތައް ކުރަމުން އަންނަނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާތަނަށް ހުރީ ޖުމުލަ 23 ބޯޓެވެ.

ޓެގްސް: މޯލްޑިވިއަން ރާއްޖެއަންނަ އެއަރލައިންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.