ދަ ލިޓިލް މާމެއިޑްގެ ޕޯސްޓަރެއް

މުނިފޫހިފިލުވުން

"ދަ ލިޓިލް މާމެއިޑް" ގެ ޓީޒާއެއް ނެރެފި

ދާނިޝް - އެމެރިކާ | 14 ސެޕްޓެންބަރ 2022 , ބުދަ 07:40   363

ޑިޒްނީގެ ލައިވް އެކްޝަން ފިލްމު ތަކުގެ ތެރެއިން ނެރުމަށް ތައްޔާރުވަމުންދާ "ދަ ލިޓިލް މާމެއިޑް" ގެ ޓިޒާއެއް ނެރެފިއެވެ.

ޑިޒްނީން އަންނަ އަހަރު ގެނެސްދޭން ތައްޔާރުވަމުންދާ ކޮންޓެންޓްތައް ހާމަކުރުމުގެ ގޮތުން ބޭއްވި "ޑީ23 އެކްސްޕޯ" ގައި ދެއްކި މި ޓީޒާއަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ ލިބިފައެވެ.

މި ފިލްމަކީ 1989ވަނަ އަހަރު ޑިޒްނީއިން ނެރުނު އެނިމޭޓެޑް ފިލްމު "ދަ ލިޓިލް މާމެއިޑް" އަސްލެއްގެ ގޮތުގައި ބަލައިގެން މިއުޒިކަލް ފެންޓަސީއެއްގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ފިލްމްގެ ކާސްޓުގައި ޖޮނާ ހެޔާ-ކިންގް، މެލީސާ މެކާތީ، ޖޭވިއާ ބާޑެމް، ނޯމާ ޑުމޭޒްވެނީ، އާޓް މަލިކް އަދި ލޮރެންޒާ އެންޑްރިއާ ހިމެނޭއިރު ފިލްމުގެ ބަތަލާއަކީ ހެލީ ބެއިލީއެވެ.

ފިލްމުގެ ބަތަލާއާއި މެދު ގިނަ ބަޔެއްގެ ތަރުހީބު ލިބިފައިވާއިރު ފިލްމުގެ ޕްރިންސެސްއަކަށް ނުވަތަ ބަތަލާއަށް ކަޅު ނަސްލުގެ ފަންނާނަކު ކާސްޓު ކުރުމާއި ގުޅިގެން ހިތްހަމަނުޖެހިފައިވާކަން ބައެއް ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ހާމަކުރަމުންނެވެ.

"ދަ ލިޓްލް މާމެއިޑް" ގެ އިތުރުން ޑިޒްނީ އިން 2024 ވަނަ އަހަރު "ސްނޯވައިޓް" ގެ ލައިވް-އެކްޝަން ވެސް ގެނެސްދޭން ވަނީ ހަމަޖެހިފައެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މެއި 26 ގައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ރޮބް މާޝަލްއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.